ދުނިޔޭގެ ތަފާތު އަޖާއިބުތަކުގެ ވާހަކަތަކަކީ އަބަދުވެސް މީހުން އަޑުއަހާ އެކަންކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދަން ބޭނުންވާ ކަންކަމެވެ. އެގޮތުން ކުރިއަރަމުން އަންނަ ދުނިޔޭގައި އުމްރާނީ ގޮތުން ގައުމުތައް ހޯދަމުން އަންނަ ކާމިޔާބީތައް ވެސް ފާހަގަ ކުރަން ޖެހެ އެވެ.
އެގޮތުން މިފަހަރު މި ބަލާލަނީ ދުނިޔޭގެ އެންމެ ބޮޑު ފަތާ ފެންގަނޑަށެވެ. ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ޗިލޭގައި އޮންނަ "ސޭން އަލްފޮންސޯ ޑެލް މާ" ނަމަކަށް ކިޔާ އެ ފަތާ ފެންގަނޑަކީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ފެންގަނޑެކެވެ.
ހަބަރުތައް ބުނާގޮތުގައި 20 ހެކްޓަރުގެ ބިމަކަށް ފެތުރިފައިވާ އެ ފެންގަނޑުގައި 250 މިލިއަން ލީޓަރުގެ ފެން އެކުލެވެ އެވެ. ފެންގަނޑުގެ ދިގު މިނަކީ 1013 މީޓަރެވެ
ފަސް އަހަރު ދުވަހުގެ ތެރޭގައި ހަދާ ނިންމި މި ފަތާ ފެންގަނޑުގެ އެންމެހާ މަސައްކަތްތަކަށް ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަމު ހޭދަވި އެވެ.
އާއްމުވެފައިވާ ފޮޓޯތަކުން އެ ފަތާފެންގަނޑުގެ ރީތިކަން އެނގޭއިރު އެ ފަތާ ފެންގަނޑަށް އެރުމަށްޓަކައި ކޮންމެ އަހަރަކު ވެސް އެތައް ހާސް ފަތުރުވެރިންނެއް އަންނަ ކަމަށް ބުނެވެ އެވެ.