ރާއްޖޭގައި ތިބި މޯލްޓާގެ ވިސާއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން އިންޑިއާގައި ހުންނަ މޯލްޓާގެ ހައިކޮމިޝަނާއި ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ރަސްމީ ހައިސިއްޔަތުން ވިސާ ހަމަޖައްސައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ ވީއެފްއެސް ގްލޯބަލްއިން މާލޭގައި މޯލްޓާ ވިސާ އެޕްލިކޭޝަން ސެންޓަރެއް މިއަދު އިފްތިތާހުކޮށްފި އެވެ.
މި ސެންޓަރު އިފްތިތާހް ކޮށްދެއްވާފައި ވަނީ މޯލްޓާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރޫބެން ގޯޗީ އަދި ވީއެފްއެސް ގްލޯބަލްގެ ޝެންގެން އޮޕަރޭޝަންސް (ނިއުދިއްލީ) ސީނިއާ ޖެނެރަލް މެނޭޖަރު ނަވީން ނާރާ އެވެ.
އިންޑިއާގައި ހުންނަ މޯލްޓާ ހައިކޮމިޝަންގެ މަސައްކަތުގެ އިހްތިސާސްގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ދިވެހިރާއްޖެ، ނޭޕާލް އަދި ބަންގްލަދޭޝް ހިމެނެ އެވެ.
ދިވެހިރާއްޖޭގައި ތިބެގެން މޯލްޓާގެ ވިސާއަށް ހުށަހަޅަން އެދޭ ފަރާތްތަކުން މިހާރު ބޮޑުތަކުރުފާނު މަގު ހ. ބީޗް ޓަވަރުގެ ފުރަތަމަ ފަންގިފިލާގައި އަލަށް ހުޅުވި ސެންޓަރުން އެ ޚިދުމަތް ހޯދޭނެ އެވެ. މިތަނުން ވީއެފްއެސް ގްލޯބަލް ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެޕޮއިންޓްމެންޓް ނަގައިގެންނާއި، ކަނޑައެޅިފައިވާ ޗެކްލިސްޓްގައިވާ ލިޔުންތައް ހަމަކޮށްގެން ކުރިން އެޕޮއިންޓްމެންޓް ނެގުމަކާއި ނުލައި ހާޒިރުވެގެން ވެސް ޚިދުމަތް ހޯދޭނެ ކަމަށް ވީއެފްއެސް އިން ބުނެ އެވެ.
މި ވިސާ އެޕޮއިންޓްމެންޓް ސެންޓަރުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއއިމްކޮށްފައިވާއިރު، އެ ތަނަކީ ޖާގައިގެ ގޮތުން ވެސް ތަނަވަސް އަދި ހިތްފަސޭހަ ތަނެއްކަން ވީއެފްއެސް އިން ފާހަގަކުރެ އެވެ.
މޯލްޓާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރޫބެން ވިދާޅުވީ މިއަދާ ހަމައަށް ރާއްޖެއިން މޯލްޓާ ވިސާ ނަގާ ފަރާތްތައް އިންޑިއާގެ ދިއްލީއަށް ދާން ޖެހޭ ކަމަށެވެ. ނަމަވެސް މާލޭގައި މި ސެންޓަރު ގާއިމުކުރުމުން އިންޑިއާއަށް ދިއުމުގެ ޚަރަދާއި ވަގުތު ސަލާމަތްވާނެ ކަމަށާއި، މިއީ މޯލްޓާގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެބޭފުޅާ ފާހަގަކުރެއްވި އެވެ.
ވިސާ ސެންޓަރު ހުޅުވުމާ ބެހޭގޮތުން ވާހަކަދައްކަވަމުން ވީއެފްއެސް ގްލޯބަލްގެ ސައުތު އޭޝިއާ ޗީފް އޮޕަރޭޓިން އޮފިސަރު ޕްރަބުއްދާ ސެން ވިދާޅުވީ، 2008 އިން ފެށިގެން ވީއެފްއެސްއާއި މޯލްޓާއާއި ދެމެދު ގުޅުން ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މި ހުޅުވި ވިސާ ސެންޓަރާ އެކު އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި، މި އާ ސެންޓަރާއެކު ވިސާއަށް ހުށައެޅުމުގެ ކަންކަން ފަސޭހަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
2008 ވަނަ އަހަރުން ފެށިގެން ވީއެފްއެސް ގްލޯބަލްއިން ދަނީ މޯލްޓާގެ ސަރުކާރާއެކު ވިސާ ޕްރޮސެސިން ޚިދުމަތުގައި ހަރަކާތްތެރިވަމުންނެވެ. މި ކުންފުނިން ދަނީ ސަރުކާރުތަކުގެ ފަރާތުން 38 ގައުމެއްގައި 101 އަށް ވުރެ ގިނަ ވިސާ އެޕްލިކޭޝަން ސެންޓަރުތައް ގާއިމްކޮށްގެން ހިންގަމުންނެވެ.
ވިސާ އެޕްލިކޭޝަން ޕްރޮސެސްގައި ވީއެފްއެސް ގްލޯބަލްގެ ދައުރަކީ ހަމައެކަނި ކުރިމައްޗަށް ފެންނަ އިދާރީ މަސައްކަތްތަކަށެވެ. އޭގެ ތެރޭގައި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔުންތައް ބަލައިގަތުމާއި ބަޔޯމެޓްރިކްސް ނެގުން ހިމެނެ އެވެ. ނަމަވެސް ވިސާ ދޫކުރުމާއި އަދި އެ ދޫކުރުމަށް ދެކޮޅު ހެދުމުގެ ނިންމުންތައް ނިންމުމުގައި ވީއެފްއެސް ގްލޯބަލްގެ އެއްވެސް ދައުރެއް ނޯންނާނެ އެވެ.
ވީއެފްއެސް ގްލޯބަލް އަކީ ސަރުކާރުތަކަށާއި ޑިޕްލޮމެޓިކް މިޝަންތަކަށް ދުނިޔޭގެ އެންމެ ބޮޑު އައުޓްސޯސިން އަދި ޓެކްނޮލޮޖީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތެވެ. މި ކުންފުންޏަކީ 70 ކްލަޔަންޓް ސަރުކާރުގެ އިތުބާރު ލިބި، 149 ގައުމެއްގައި 3,300 އަށް ވުރެ ގިނަ އެޕްލިކޭޝަން ސެންޓަރު ހިމެނޭ ގްލޯބަލް ނެޓްވޯކެއް ހިންގާ ކުންފުންޏެކެވެ. 2001 ވަނަ އަހަރު މި ކުންފުނި އުފެދުނު ފަހުން 272 މިލިއަނަށް ވުރެ ގިނަ ވިސާ އެޕްލިކޭޝަން ވަނީ ޕްރޮސެސްކޮށްފަ އެވެ.
މި ކުންފުނިން ކްލަޔަންޓް ސަރުކާރުތަކަށް ވިސާ، ޕާސްޕޯޓް، އަދި ކޮންސިއުލާ ހިދުމަތްތަކަށް އެދި ހުށަހެޅުމާ ގުޅޭ ފާރަވެރި އަދި އިދާރީ މަސައްކަތްތައް މެނޭޖްކުރެއެވެ. އެހެންކަމުން ކްލަޔަންޓް ސަރުކާރުތަކަށް ކްރިޓިކަލް އެސެސްމަންޓް ޓާސްކަށް ސަމާލުކަން ދެވޭނެއެވެ. ވީއެފްއެސް ގްލޯބަލްގެ މައި އޮފީސްތައް ސްވިޓްޒަލޭންޑްގެ ޒޫރިކް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ގާއިމްކޮށްފައިވެ އެވެ.
ވީއެފްއެސް ގްލޯބަލްގެ މެޖޯރިޓީ ހިއްސާދާރަކީ ދުނިޔޭގެ އެންމެ ބޮޑު އަލްޓަނޭޓިވް އެސެޓް މެނޭޖަ ކަމަށްވާ ބްލެކްސްޓޯން ކުންފުންޏެވެ. މި ކުންފުނިން މަސައްކަތް ކުރަނީ މި ކުންފުނީގެ އިންވެސްޓަރުންނާއި އިންވެސްޓްކުރާ ކުންފުނިތަކާއި، މި ކުންފުނިން މަސައްކަތްކުރާ މުޖުތަމައުތަކަށް ހެޔޮ އިގްތިސާދީ ބަދަލުތައް ގެނައުމަށެވެ.
ބްލެކްސްޓޯންގެ މެނޭޖްމަންޓްގެ ދަށުގައިވާ 991 ބިލިއަން ޑޮލަރުގެ އެސެޓްތަކުގެ ތެރޭގައި ދުނިޔޭގެ އަސާސްތަކާއި އެއްގޮތްވާ ޕްރައިވެޓް އިކުއިޓީ، ރިއަލް އެސްޓޭޓް، ޕަބްލިކް ޑެޓް އެންޑް އިކުއިޓީ، އިންފްރާސްޓްރަކްޗާ، ލައިފް ސައިންސް، ގްރޯތް އިކުއިޓީ، އޮޕޮޗުނިސްޓިކް، ނޮން އިންވެސްޓްމަންޓް ގްރޭޑް ކްރެޑިޓް، ރިއަލް އެސެޓް، އަދި ސެކަންޑަރީ ފަންޑަށް ފޯކަސްކޮށްފައިވާ އިންވެސްޓްމަންޓް ވެހިކަލްތައް ހިމެނެ އެވެ.
މީގެ އިތުރުން ސްވިޓްޒަރލޭންޑްގެ ކުއޯނީ އެންޑް ހޫޖެންޓޮބްލަ ފައުންޑޭޝަން އަދި ސްވީޑެންގެ ސްޓޮކްހޯމްގައި މައި އޮފީސް ހުންނަ ގްލޯބަލް އިންވެސްޓްމަންޓް އޯގަނައިޒޭޝަނެއް ކަމަށްވާ އީކިއުޓީ އަކީ ވީއެފްއެސް ގްލޯބަލްގެ މައިނޯރިޓީ ހިއްސާދާރުންނެވެ.