ކިތަންމެ ރީއްޗަށް ފެންވެރިޔަސް ހަށިގަނޑުން ނުބައި ވަސް ނުފިލާ ފަހަރު އާދެ އެވެ. ކީއްވެގެން ހެއްޔެވެ؟ މިކަމުގެ ހަގީގަތަކީ ކެއުމުގައި ތިބާ ބޭނުންކުރާ ބާވަތްތަކަކަށް ވުން އެކަށީގެންވެ އެވެ.

ލޮނުމެދު

ލޮނުމެދު ކެއުމަކީ ގައިން ނުބައިވަސް ދުވާނެ ކަމެކެވެ. ގައިން ނުބައި ވަސްދުވުމުގެ އިތުރުން ލޮނުމެދު ކެއުމަކީ އަނގައިގެން ވެސް ނުބައިވަސް ދުވަން މެދުވެރިވާ ކަމެކެވެ.

ފެހިކަންގަދަ ތަރުކާރީ

ބްރޮކޮލީ، ބްރަސެލްސް ސްޕްރައުޓްސް، ބޮނޑިކޮޕީ، ކޯލީފްލާވާ ފަދަ ތަރުކާރި ކެއުމުން ވެސް ގައިން ނުބައިވަސް ދުވާފާނެ އެވެ. ސަބަބަކީ މި ފަދަ ތަރުކާރީގައި ސަލްފާ އެކުލެވޭތީ އެވެ. ސަލްފާ އަކީ ކުނި ބިސް ވަސް ދުވާ ކަމްޕައުންޑެކެވެ.

އެއްގަމު މަސް

އެއްގަމު މަހުގެ ތެރެއިން ވެސް ރެޑް މީޓަކީ ގައިން ނުބައިވަސް ދުވުމަށް މެދުވެރިވާ އެއްޗެކެވެ. ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން ބުނެފައިވަނީ ވެޖެޓޭރިއަން ޑައިޓް ބޭނުންކުރާ މީހުންގެ ގައިން މާ މީރުވަސް ދުވަ އެވެ.

އެސްޕަރަގަސް

އެސްޕަރަގަސް އަކީ ވެސް ގައިން ނުބައިވަސް ދުވަން މެދުވެރިވާ އެއްޗެކެވެ. އެސްޕްރަސް ކެއުމުން ކުޑަކަމުދާ އެއްޗެތީގައި ވެސް ކެމިކަލްގައި ދުވާ ކަހަލަ ވަހެއް ދުވަ އެވެ.

ހައްލަކީ ކޮބާ؟

ހެނދުނު ހޭލުމަށްފަހު ފެންވެރުން

ހެނދުނުގެ ވަގުތަކީ ހަށިގަނޑުގައި އެންމެ ގިނައިން ޖަރާސީމު އާލާވާ ވަގުތެވެ.ހެނދުނު ހޭލާ ގޮތަށް ދަތް އުނގުޅައިގެން ފެންވަރަަން އާދަކުރާށެވެ. އަދި ފެންވަރާއިރު ބޮޑަށް ދާހިއްލާ ހިސާބު ދެ ފަހަރަށް ދޮވެ ސާފު ކުރާށެވެ. ރެއަކާ ދުވާލު މަދުވެގެން ދެ ފަހަރު ދަތް އުނގުޅާށެވެ. ގަވާއިދުން އިސްތަށިގަނޑު ދޮވެ ސާފުކޮށް ބަހައްޓާށެވެ.

ކެއިން ބުއިމުގައި ސަމާލުވުން

ބައެއް ކަހަލަ ކެއިން ބުއިމާ ދުރުވާށެވެ. ގައިން ނުބައިވަސް ދުވާނެ ކަމަށް ގަބޫލު ކުރޭ ކާނާ ކެއުމާ ދުރުވާށެވެ. މަތީގައި ދެންނެވުނު ކެއުންތަކަކީ ހަށިގަނޑުން ނުކުންނަ ދަލާ އެކުވެގެން ނުބައި ވަހެއް ނަެރުވާ ކެއުންތަކެކެވެ.

ސާފުތާހިރުކަމާއެކު އަންނައުނު ގެންގުޅުން

ދޮވެ ސާފުކޮށްފައި ހުންނަ އަންނައުނު ލާށެވެ. މާގިނައިން ނުދޮވެ އެއް ހެދުމެއް ލާނަމަވެސް ނުބައިވަސް ދުވާނެ އެވެ. ކޮންމެ ދުވަހަކުވެސް ދޮވެ އިސްތިރިކޮށްފައި ހުންނަ ހެދުން ބޭނުން ކުރަން އާދަކުރާށެވެ