ފޮށިން ފިސްތޯލައެއް ފެނިގެން ދިވެއްސަކު ލަންކާ އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ ރޭ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ 58 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ ގައުމުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ އެ މީހާ ހައްޔަރުކުރީ ފޮށިން ފިސްތޯލައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ކަމަށާއި އެ ފެނުނީ އެއާޕޯޓުގެ ޑިޕާޗާ ހޯލަށް ވަނުމުގެ ކުރިންގެ ލަގޭޖް ސްކޭން ކުރުމުގެ ތެރޭގައި ކަމަށެވެ.
މި މައްސަލަ މިހާރު ލަންކާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދިޔަ ނަމަވެސް އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.
އީރާނުން ވިޔަފާރީގެ މުޅިން އެހެން އުކުޅުތަކެއް، ޓްރަމްޕް ވާނުވާގަ
ސޯޝަލް މީޑިއާ: ގުޅުންތައް ބަދަހިކުރަނީތަ ނުވަތަ ރޫޅަލަނީތަ؟
އީރާނުން 21 މީހަކަށް މަރުގެ އަދަބު ދީފި