2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކެޓްރީނާ ކައިފްއާއި ވިކީ ކައުޝަލް ކައިވެނި ކުރުމާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔަ އެވެ. އޭގެ ކުރިން އެދެމީހުންގެ ވާހަކައެއް އިވިފައި ނުވާތީ އެވެ.
ކައިވެންޏަށްފަހު ކޮފީ ވިތު ކަރަން ސީޒަން ހަތެއްގެ މެހަމާނެއްގެ ގޮތުގައި އައިސް ކެޓްރީނާ ވަނީ އޭނާ ވިކީއާ ކައިވެނި ކުރަން ނިންމި ސަބަބު ކިޔައިދީފަ އެވެ.
ކެޓްރީނާ ބުނީ ވިކީ އޭނާގެ މައިންބަފައިންނާއި އާއިލާއަށް ކުރާ އިހުތިރާމް ފެނުމުން އެއީ އޭނާގެ އަނބިދަރިންނަށް ވެސް ކުރާނެ އިހުތިރާމްކަން ޔަގީންވި ކަމަށެވެ.
އުފަލާއި މަޖާކުރުމަކީ ކައިވެންޏެއްގައި އެހާ މުހިއްމު ކަންކަން ނޫންކަަމަށް ބުނަމުން ކެޓްރީނާ ބުނީ ދިގު މުއްދަތުގައި ކައިވެންޏެއް ދެމި އޮންނާނީ ލޯތްބާއި އިހުތިރާމްގެ މައްޗަށް ކަމަށެވެ.
މިއަދު ވިކީއާއި ކެޓްރީނާއަކީ ބޮލީވުޑް ޖޯޑުތަކުގެ ތެރެއިން އެންމެ ލޯބި އެއް ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ. އެ ދެމީހުންނަކީ އެހެން ތަރިންނަށް ހުރި މިސާލެއް ކަމަށް ވެސް އެމީހުން ބުނެ އެވެ.
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
ސްމާޓް އައިޑީ ކާޑާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަނީ
ނިދާއިރު އަނގައިގައި ޓޭޕް އެޅުން: މިއީ ކޮން ކަހަލަ ޓްރެންޑްއެއް؟