ލޮނުމެދަކީ ވަރަށް ގިނަ ދިވެހިން ކާނާ ތައްޔާރު ކުރުމުގައި ބޭނުން ކުރާ ވަރަށް އާންމު ބާވަތެކެވެ. ބައެއް މީހުންނަށް ލޮނުމެދުން ލާ ރަހަ ކަމުނުދިޔަ ނަމަވެސް އެއިން ލިބޭ ފައިދާ އެނގޭނަމަ ލޮނުމެދު ބޭނުން ނުކޮށް ނުހުންނާނެ ކަން ޔަގީނެވެ.
އެގޮތުން ލޮނުމެދުން ލިބޭ ފައިދާތަކުގެ ތެރޭގައި ދަތްތައް ވަރުގަދަކޮށް ބެހެއްޓުން ފާހަގަ ކޮށްލެވެ އެވެ. ލޮނުމެދު ކެއުމުން އަނގަ ތެރޭގައި ހުންނަ ނުބައި ޖަރާސީމުތައް ނައްތާލައި، އަނގައިގެ ހިރުގަނޑު ރީތިކޮށް ހުރުމަށް އެހީތެރިވެދެ އެވެ.
ހަމައެއާއެކު، ލޮނުމެދު ކެއުމުގެ ސަބަބުން ގިނަ ދުވަހު ދަތްތަކުގެ ހުދުކަން ދަމަހައްޓައިދީ ދަތްތަކުގެ ކުލައަށް އަންނަ ބަދަލުތައް ހުއްޓުވައިދެ އެވެ.
އަނގައިގެ ސިއްހަތު ޔަގީން ކުރުމަށް އިންފެކްޝަންގެ ކިބައިން ސަލާމަތްވެ ހުރުމަކީ މުހިންމު ކަމެކެވެ. އިންފެކްޝަންގެ ސަބަބުން ގިނަ ފަހަރު އަނގައިގެ ބޮޑެތި ބަލި ޖެހުމުގެ ބިރުވެރިކަން އޮވެ އެވެ. އެހެންނަމަވެސް މިކަމަށް ވެސް ލޮނުމެދު އެހީތެރިވެދެ އެވެ.
ލޮނުމެދަކީ ލޭ މައްޗަށް ދިއުން ހިފަހައްޓައި، ކޮލެސްޓްރޯލް އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ވެދޭ ތަރުކާރީ އެކެވެ.
ވީއިރު ވަހާއި ރަހަ ކިތަންްމެ ނުބަޔަސް ލޮނުމެދު ނުކައި ހުންނަންވީ ސަބަބެއް ނެތެވެ.
ހިތަދޫން ވިޔަފާރީގެ ބޭނުމަށް 19 ބިމެއް ކުއްޔަށް ދޫކުރަނީ
ހޮރްމޫޒް ކަނޑުއޮޅި އެމެރިކާގެ ތަނެއްގެ ގޮތުގައި ކަނޑައަޅަނީ
ސަވާހިލި އަލުން އައްޑޫ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު