ޕެންޝަން ސްކީމުގައި ބައިވެރިވާ ބިދޭސީން ރާއްޖެ ދޫކޮށްދާއިރު އެ ފައިސާ ލިބޭގޮތަށް ޕެންޝަން ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ރިޓަޔަމަންޓް ޕެންޝަން ސްކީމްގައި ރާއްޖޭގައި އުޅޭ ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، އެމީހުންނަށް ދޭންޖެހޭ އިނާޔަތްތައް ފޯރުކޮށްދިނުމާބެހޭ ގަވާއިދަށް ގެނެވުނު އެއްވަނަ އިސްލާހުގައި ބުނެފައިވަނީ ޕެންޝަނުގެ އުމުރު ހަމަވުމުގެ ކުރިން އެ ބިދޭސީ މުވައްޒަފަކު ރާއްޖެ ދޫކޮށް ދާން ނިންމައިފިނަމަ، އެ މުވައްޒަފަކު ރާއްޖެ ދޫކޮށް ދާން ނިންމާ ހިސާބުން ފެށިގެން ފައިސާ ހޯދަން ހުށަހެޅޭނެ ކަމަށެވެ.
މީގެ ކުރިންނަމަ ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ހޯދަން ހުށަހެޅޭނީ ރާއްޖެއިން ފުރައިގެން ދިއުމުގެ ތިން މަސް ކުރިންނެވެ.
މި އިސްލާހުގައި ވާގޮތުން ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކުރާނީ ދިވެހި ރުފިޔާއިންނެވެ. އަދި ފައިސާ ޖަމާކުރާނީ ރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ނުވަތަ އެ ބިދޭސީ މުވައްޒަފަކު ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި ހުޅުވާފައިވާ ދިވެހި ރުފިޔާގެ އެކައުންޓަކަށެވެ.
ކުރިން ޕެންޝަން ފައިސާ ނަގާފައިވާ ބިދޭސީ މުވައްޒަފަކަށްވެސް ދެ ވަނަ ފަހަރަށް ޕެންޝަން ސްކީމްގައި ބައިވެރިވެވެ އެވެ. އެކަމަކު އެފަދަ މުވައްޒަފެއްގެ ރިޓަޔަމަންޓް ސޭވިންސް އެކައުންޓުން ދެ ވަނަ ފަހަރަށް ފައިސާ ދޫކުރާނީ އެ މީހަކަށް 65 އަހަރުވުމުންނެވެ.
ބިދޭސީ މުވައްޒަފަކު މަރުވެއްޖެ ނަމަ އެ މީހެއްގެ ޕެންޝަން އެކައުންޓަށް ޖަމާވެފައި ހުރި ފައިސާ ހޯދުމަށް އެ މީހެއްގެ ވާރިސުންނަށް ހުށަހެޅޭނެ އެވެ.
އައްޑޫއަށް ވަގަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
ދަރިފުޅު ބޭނުންވާ ކަންތައް ނުކުރެވޭ ކަމަށް އެންޖެލީނާ ބުނީ ކީއްވެ
ތަހުގީގު އޮފިސަރާ ސީދާ މުއާމަލާތު ކުރެވޭނެ ނިޒާމެއް ގާއިމް ކޮށްފި
