ނަގުދު ފައިސާގެ ބަދަލުގައި ޕޭޔާގެ ކިއުއާރު ކޯޑު މެދުވެރިކޮށް އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި އެވެ.
ޕޭޔާ އިން މި ގޮތަށް ހަމަޖެއްސުމުން ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދައްކަން ހޭދަވާނީ މަދު ސިކުންތުކޮޅެކެވެ.
ޕޭޔާއިން ބުނިގޮތުގައި ޕޭޔާ ބޭނުންކުރާ ކަސްޓަމަރުންނަށް ކިއުއާރު ކޯޑު މެދުވެރިކޮށް އެފްއެސްއެމްގެ ޝެޑްތަކަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ ކަސްޓަމަރުންނަށް ލިބުނު ވަރަށް ފަސޭހައެކެވެ.
"ނަގުދު ފައިސާ އާއި ކާޑުގެ އުނދަގުލަކާ ނުލައި މިހާރު ފަސޭހަކަމާއެކު ވެހިކަލަށް ތެޔޮ އަޅާލެވޭނެ. ޕޭޔާގެ އަވަސް، ކޮންޓެކްޓްލެސް އަދި ސްޓްރެސް ފްރީ ޕޭމަންޓްސް މެދުވެރިކޮށް އެފްއެސްއެމްއަށް ފައިސާ ދެއްކޭ ގޮތް ހަމަޖެހުމަކީ ވަގުތު ސަލާމަތްކުރެވޭނެ ކަމެއް،" ޕޭޔާއިން ބުންޏެވެ.
ޒުވާން ދިވެހި ޑިވެލޮޕަރުންތަކެއް އުފެއްދި ޕޭޔާއަކީ 2018ގައި، ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެއްތަނަކުން ހުރިހާ ބިލަކަށް ފައިސާ ދެއްކޭނެ ވަސީލަތެއް ގާއިމުކުރަން ތައްޔާރު ކޮށްފައިވާ އެޕްލިކޭޝަންއެކެވެ. ނަމަވެސް މި އެޕްލިކޭޝަންގެ ކިއުއާރު ސްކޭން މެދުވެރިކޮށް ޝްވެކް ސިނަމާ އަށާއި ބައެއް ފިހާރަތަކަށާއި ކެފޭ، ރެސްޓޯރަންޓްތަކަށް ވެސް ފައިސާ ދެއްކެ އެވެ.
ޕޭޔާއަށް ޕޭމަންޓް ސާވިސް ޕްރޮވައިޑާއެއްގެ ލައިސަންސް އެމްއެމްއޭ އިން ދިނީ މާޗް 2022ގަ އެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.25 ރ. އަށް އަރައިފި
3 މިނިސްޓްރީ އެނދީ ކަރަންޓް ޝޯޓު ވެގެން: އިހުސާން
ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ