މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހާ ގުޅިގެން ޓީޗަރުންގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރުމަށް އެލައިނޑް އިންޝުއަރެންސް އާއި އެލައިންޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތަކަށް ޒިޔާރަތްކޮށް، ކޭކު ހަދިޔާކޮށްފި އެވެ.
އެލައިޑާއި އަޔާދީ އިން ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭ ސްކޫލުތައް ހިމެނޭހެން 37 ސްކޫލަކަށް ޒިޔާރަތްކޮށް، އެ ސްކޫލުތަކުގެ ޓީޗަރުންނަށް ކޭކު ހަދިޔާ ކޮށްފަ އެވެ.
އެލައިޑުން ބުނީ މިއީ ޓީޗަރުންގެ މަސައްކަތުގެ އަގު ވަޒަންކޮށް ތައުލީމީ ޖީލެއް ބިނާކުރުމަށް ޓީޗަރުން ކުރާ މަސައްކަތަށް ޝުކުރު އަދާކުރަން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
އެލައިޑް އިންޝުއަރެންސްއަކީ އިޖުތިމާއީ ތަފާތު ކަންކަމުގައި ބައިވެރިވާ ކުންފުންޏެކެވެ. ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނީގެ ސީއެސްއާރުގެ ދަށުން، އެކި ހަރަކާތްތައް ވެސް ބާއްވަ އެވެ.
ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އޭސީތައް ބޭނުމެއް ނުކުރެވޭ
ހިތުގެ ބަލިތަކުގެ އަސްލަކީ ހަމައެކަނި ކޮލެސްޓްރޯލްއެއް ނޫން!
މަރުވި ފުލުސް މީހާގެ އަގުވަޒަން ކުރުމަށް މަގާމުގެ ކުރިއެރުން ދީފި
