ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އަނިޔާވެރިކަމާއި ބަދަލު ހިފުން އަލުން އިޖާދަކުރަން ބޭނުން ނުވާތީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމަވައިފި އެވެ.
އިލްހާމް ރައީސް ޞޯލިހުއަށް ތާއިދުކުރެއްވިކަން މިއަދު ވަނީ އެކްސް މެދުވެރިކޮށް ހާމަކުރައްވައިފަ އެވެ. އިލްހާމް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ސިޔާސީ މައިދާނަށް ނުކުމެ މަޖިލީހަށް އިންތިހާބުވި ދުވަހުން ފެށިގެން ސިޔާސީ ގޮތުން ފާއިތުވެދިޔަ 15 އަހަރު ތެރޭގައި ތަފާތު ގިނަ ތަޖްރިބާތަކެއް ކުރި ކަމަށެވެ.
އިލްހާމް ވިދާޅުވީ އޭނާއާ އޭނާގެ އާއިލާ ވަނީ އެކި ފަހަރު މަތީން ފުރާނަ އަށް ނުރައްކާވާ ޙާލަތްތަކާ ކުރިމަތިވެފައި ކަމަށާއި ތަހައްމަލު ކުރަންޖެހުން ކަންތައްތަކުގައި ތެރޭގައި އަމިއްލަ އަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި ހުންނަން ޖެހުމާއި، ކުށެއް ނެތި ގިނަ ދުވަހު ހުރަގޭގައި ވަރަށް އަނިޔާވެރިކޮށް ބަންދުވެފައި އޮންނަން ޖެހުނު ދުވަސްތަކެއް ވެސް ދިޔަ ކަމަށެވެ.
އިލްހާމް ރައީސް ޞޯލިހަށް ތާއިދުކުރަން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މި ވަގުތު އިންތިހާބު ކުރަން އެންމެ އެކަށޭނެ ގާބިލް ބޭފުޅަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ވަތީ ކަމަށް އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ރައީސް ޞޯލިހަށ ްތާއިދު ކުރަން ނިންމާފައިވާ އިރު މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ލިބުނީ ފަސް ހާހެއްހާ ވޯޓެވެ. އެއާ އެކު ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ވަނީ ޕާޓީން ވަކިވެފަ އެވެ. އަދި ރައީސް ޞޯލިހަށް ތާއިދު ކުރަން ބައެއް ބޭފުޅުން ވަނީ ނިންމައިފަ އެވެ.
އިލްހާމްގެ އިތުރުން ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދު ވެސް ވަނީ ރައީސް ޞޯލިހަށް ތާއިދު ކުރަން ނިންމައިފަ އެވެ. އަދި ގާސިމްގެ ކެމްޕެއިން އެޖެންޓް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އިއްޔެ ޖޭޕީ އިން ވަކިވެފަ އެވެ. އޭނާ ވެސް ވަރަށް އަވަހަށް ރައީސް ސޯލިހަށް ތާއީދުކުރާކަން އިއުލާން ކުރައްވާނެ ކަމަށްވެ އެވެ.
ބަރުވާ ކޮޅައް އަރަންވާނެ އެހެން ނޫނީ ފެތޭނީ