އާއްމު ފެނިލުމެއްގައި އާލިއާ ބަޓް އޭނާގެ ތުންފަތުގައި ޖައްސައިގެން ހުރި ލިޕްސްޓިކްގެ ކުލަގަދަ ވުމުން އާއްމުންގެ ފާޑުކިޔުން އަމާޒު ވެއްޖެ އެވެ.
އެންމެ ގާތް ރަހުމަތްތެރިޔާ އާކަންކްޝާ ރަންޖަންގެ އުފަންދުވަހުގެ ޕާޓީއަށް އާލިއާ ދިޔައިރު އޭނާ ހުރީ އޭނާގެ ހަމުގެ ކުލައަށްވުރެ ގަދަ ފިޔާތޮށި ކުލައަކަށްދާ ލިޕްސްޓިކްއެއް ޖައްސައިގެންނެވެ. އެހެން ކަމުން އޭނާގެ ތުންފަތް އެހެން ދުވަސްތަކަށްވުރެ ބޮޑު ކަމަށް ދައްކަ އެވެ.
މިއާއެކު އޭނާއަށް އެކި ކަހަލަ މީމްތައް ހަދައި އިންޓަނެޓްގައި ދަނީ ދައުރު ކުރަމުންނެވެ. އަދި ހަމަ އެހެންމެ އާއްމުންގެ މަލާމާތާއި ފުރައްސާރައިގެ ބަސްތައް ވެސް ވަނީ އާލިއާއަށް އަމާޒުވެފަ އެވެ.
މީގެ އިތުރުން ބައެއް މީހުން އަންނަނީ އާލިއާ ވަނީ އޭނާގެ ތުންފަތް ބޮޑު ކުރުމަށްޓަކައި ލިޕް ފިލާ ޕްލާސްޓިކް ސާޖަރީ ޓްރީޓްމަންޓް ހަދާފައިވާ ކަމަށް ވެސް ބުނަމުންނެވެ.
އާލިއާއަކީ ސޯޝަލް މީޑިއާގައި ހަރަކާތްތެރި ތަރިއަކަށްވާއިރު އެކި ކަންކަމުގައި އެކި ފަހަރު މަތިން އޭނާއަށް އާއްމުންގެ ފުރައްސާރަ އަމާޒުވެފައިވެ އެވެ.
އެކަކު 100އަށްވުރެ ގިނަ ކާޑުން ބޭރު ގައުމުތަކުގައި ބޭނުންކުރި
ސަރުކާރުން ކޯޓްތަކަށް ނުފޫޒު ފޯރުވައޭ ބުނާނެ މީހަކު ނެތް: ރައީސް
ވައިބާ ހެކްކޮށް މަކަރާއި ހީލަތުން 150،000ރ. ނެގި މީހަކު ހައްޔަރު