ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމުގެ ގޮތުގައި ގުރުއަތުން ހޮވޭ 3 ފަރާތަކަށް 15،000 ރުފިޔާގެ ގިފްޓް ކާޑެއް ދޭން ނިންމާފައިވާ ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު 9 ފަރާތެއް ގުރުއަތުން ހޮވުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ އިނާމު:
- 500 ޑޮލަރުން ދަށުގެ ޓްރާންސެކްޝަންތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ 3 ފަރާތަކަށް 750 ރުފިޔާގެ ގިފްޓް ކާޑެއް
- 501 – 1000 ޑޮލަރާއި ދެމެދުގެ ޓްރާންސެކްޝަންތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ 3 ފަރާތަކަށް 2000 ރުފިޔާގެ ގިފްޓް ކާޑެއް
- 1000 ޑޮލަރުން މަތީ ޓްރާންސެކްޝަންތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ 3 ފަރާތަކަށް 3500 ރުފިޔާގެ ގިފްޓް ކާޑެއް
މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން 18 ޑިސެންބަރުގެ ނިޔަލަށެވެ.