ވިދްޔާ ބާލަންއަކީ ބޮލީވުޑްގައި މިހާރު އެންމެ ނަންކިޔާ އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރެކެވެ. އޭނާއަކީ އަބަދުވެސް މީހުންގެ ބަރުދަނުގެ ސަބަބުން ފުރައްސާރަ ކުރުމާ ދެކޮޅަށް ވާހަކަ ދައްކަމުން އަންނަ އެކްޓަރެކެވެ.
މިފަހުން އޭނާ ދިން އިންޓަވިއުއެއްގައި ވިދްޔާ ބުނެފައިވަނީ ފުރާވަރުގެ ދުވަސްވަރުގައި އޭނާއަކީ ވެސް އުމުރަށްވުރެ ބަރުދަން އިތުރުކޮށް ހުރި މީހެއް ކަމަށެވެ.
އެ ސަބަބާހުރެ ވިދްޔާގެ މަންމަ އަބަދުވެސް ވިދްޔާގެ ކެއުމުގައި ހިފެހެއްޓުންތަކެއް ގެންގުޅުނު ކަމަށާއި ކަސްރަތު ކުރަން ވެސް މަޖުބޫރު ކުރުވި ކަމަށް ވެސް އޭނާ ބުންޏެވެ.
"އޭރު މަންމަ ދެކެ ވަރަށް ރުޅި އާދޭ އަބަދު އަހަރެން ލައްވާ ކަސްރަތު ކުރުވާތީ، އެކަމަކު މިހާރު އެނގޭ މަންމަ އެކަން ކުރަނީ ކީއްގެގެން ކަން" ވިދްޔާ ބުންޏެވެ.
ވިދްޔާ ބުނީ ކޮންމެ މަންމައަކު ވެސް އޭނާގެ ދަރިފުޅަށް އެންމެ ރަނގަޅު ގޮތް ބޭނުންވާނެ ކަމަށާއި މަންމަގެ އަމަލުތައް ހުރީ އެގޮތަށް ކަމަށެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު ވިދްޔާ އެންމެ ފަހުން ފެނިގެންދިޔައީ ފިލްމު ނީޔަތުއިން ސީބީއައި އޮފިސަރެއްގެ ރޯލުންނެވެ.
ރޭގަނޑު 12ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަނީ
އުކުޅަހުން ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މުހިންމު ސާޖަރީއެއްކޮށްފި