މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ފިޔާތޮށި ކުލައިގެ ކޮތަރެއް އިނގިރޭސި ވިލާތުގެ އަވަށަކުން ފެނި ގިނަ ބަޔަަކު ހައިރާން ކޮށްލައިފި އެވެ.
އެގައުމުގެ ބޫރީ ޓައުން ނަމަކަށް ކިޔާ އަވަށުން ފެނުނު މި ކޮތަރު ވަނީ އެ އަވަށުގެ ގިނަ ސަރަހައްދުތަކުން ފެނިފަ އެވެ. މެންޗަސްޓާގެ ފުލުހުން ވެސް ވަނީ މިކަން ޔަގީން ކޮށްދީފަ އެވެ.
މި ކޮތަރު ފެނުމާއެކު ގިނަ އަދަދެއްގެ ބަަޔަކު އެ އަވަށަށް ގޮސް އެ ތަފާތު ކޮތަރަށް ކާންދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.
ސައިންސްވެެރިން ބުނާ ގޮތުގައި މި ކޮތަރަށް އެސޮރުގެ އާދަޔާޚިލާފު ކުލަ ލިބެނީ އޭގެ ހަށިގަނޑުގައި އުފެދޭ ޕިގްމެންޓެއްގެ ސަބަބުން ކަމުގައި ވެދާނެ އެވެ.
އެހެން ނަމަވެސް މިއީ އާދައިގެ ކޮތަރެއްގެ ހަށިގަނޑުގައި ބަޔަކު ފިޔާތޮށި ޑައި ޖެއްސުމުގެ ނަތީޖާ ކަމަށް ވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
އަހަންނަކީ އެހާ މޮޅު އެކްޓަރެއް ނޫން: ސަލްމާން
މެސީ އިންޑިއާ އަށް ކުރި ދަތުރު އިންތިޒާމު ކުރި މީހާ ހައްޔަރަށް
ރަޝިއާގެ މުދަލާއި ފައިސާ ހިފަހައްޓަން އީޔޫ އިން ނިންމައިފި