ތުނބުޅި ދިގު ކޮށްފައި ތިބޭ ފިރިހެނުން އަންހެނުންނަށް މާ ކަމުދާ ކަމަށް އެމެރިކާގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.
ގިނަ އަންހެނުން ދެކޭގޮތުގައި ތުނބުޅި ދިގުކޮށްފައިހުރުމަކީ އެ މީހެއްގެ ފިރިހެން ވަންތަކަން އިތުރުކޮށްދޭ ކަމެއް ކަމަށާއި އެ މީހެއްގެ ރީތިކަށް އެތައް ގުނައެއް އިތުރުކޮށްދޭ ކަމެއް ކަމެކެވެ.
އެގޮތުން ތުނބުޅި ދިގުކުރާ ފިރިހެނުންގެ ޓެސްޓެރޯން ލެވެލް މަތިކޮށް ހުންނައިރު، މިއީ ފިރިހެންވަންތަކަން އިތުރު ކޮށްދޭ ކަމެކެވެ.
ތުނބުޅި ދިގުކުރުމާ ދެކޮޅަށް ވާހަކަ ދައްކާފައިވާ އަންހެނުން ބުނީ ތުނބުޅި ދިގުކުރާ ފިރިހެނުންގެ ސާފުތާހިރުކަމަކީ އެ މީހުންނަށް ކަމުނުދާ މައިގަނޑު އެއް ކަންތައް ކަމަށެވެ. އެގޮތުން ތުނބުޅީގައި އުކުނު އެޅުމާއި ރަނގަޅަށް ނުބެލެހެއްޓުން އެއީ ތުނބުޅި ދިގުކުރާ މީހުން ކަމުނުދާ ސަބަބެއް ކަމަށް އެ މީހުން ބުނެ އެވެ.
މި ދިރާސާ ކޮށްފައިވަނީ 18 އަހަރާ 70 އަހަރާ ދެމެދުގެ 1،100 އަންހެނުންނަށް އެއް ފިރިހެނެއްގެ 30 ފޮޓޯ ދައްކައިގެންނެވެ.
މީގެ ކުރިން ހެދި ދިރާސާތަކުގައި ތުނބުޅި ދިގުކުރާ ފިރިހެނުންގެ އާއްމު ސިއްހަތު ވެސް ރަނގަޅު ކަމަށް ދައްކާފައިވެ އެވެ.
ކޮންމެ ފަހަރަކީ ވެސް ތަފާތު ފަހަރެއް: ނިކޯލް
މީރު ރަހަތައް ގުރުބާން ނުކޮށް ވެސް ދުޅަހެޔޮ ކެއުމެއް ކެވިދާނެ!
އާވާރާޕަން 2: ފުރަތަމަ ދުވަހުން ވެސް ރެކޯޑެއް މުގުރާލައިފި