ބޮލީވުޑްގެ ސުޕްސްޓާ ޝާހްރުކް ޚާންއަކީ އޭނާގެ ޒާތީ ދިރިއުޅުމުގެ ކަންކަން ވެސް ވަރަށް ފާޅުގައި އޭނާގެ ސަޕޯޓަރުންނާ ހިއްސާ ކުރަމުން އަންނަ ތަރި އެކެވެ.
އެގޮތުން އޭނާގެ އެންމެ ފަހުގެ އިންސްޓަގްރާމް ޕޯސްޓް ހާއްސަ ކޮށްފައިވަނީ އޭނާގެ ހަޔާތުގެ ބައިވެރިޔާ އަންހެނުން ގައުރީ ޚާން އަށެވެ.
މީގެ ދެ ދުވަހެއް ކުރިން ޝާހު ކުރި އެ ޕޯސްޓުގައި އޭނާ ވަނީ އެ ދެމަފިރިންގެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިންކަމަށްޓަކައި ގައުރީއަށް ޝުކުރު އަދާ ކޮށްފަ އެވެ.
އެގޮތުން އެމީހުންގެ ދަރިންނަކީ އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ މިނިވަން ބަޔަކަށް ހަދައިދިނީ ގައުރީ ކަމަށާއި ގައުރީ އެ ކުދިންނަށް ދައްކައިދީފައިވަނީ ލާމަސީލު މިސާލެއް ކަމަށް ޝާހު ބުނެފައިވެ އެވެ.
1992 ވަނަ އަހަރު ކައިވެނިކުރި ޝާހުއާއި ގައުރީއަށް ތިން ދަރިން ލިބިފައިވާއިރު ދޮށީ ދެ ކުދިން ކަމަށްވާ އާރްޔަން ޚާންއާއި ސުހާނާ ޚާން އަންނަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ.
100ރ. ގެ ނޫޓުގެ އާ ސްޓޮކެއް ޗާޕްކޮށްގެން ގެނެސްފި
ރާއްޖޭގެ ސަރަހައްދުން ލަންކާގެ ދެ މަސް ބޯޓެއް އަތުލައިގެންފި
ރިފަރެންޑަމާއި އިންތިހާބު ބޭއްވޭނީ 18 އަށް ގާނޫނު ބަދަލުކޮށްގެން