ތުންފަތުގެ ކުލަ ބަދަލުވެ ހަންފޮޅެން ދމާވެދާނެ ބައިވަރު ސަބަބުތައް ހުރެ އެވެ. އޭގެ ތެރެއިން އެންމެ އާއްމު ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި މޫސުން ބަދަލުވުން ހިމެނެ އެވެ.

ކޮންމެ ސަބަބަކާ ލައިގެން ވިޔަސް މިއީ ބައެއް ހާލަތްތަކުގައި ލަދުވެތި ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ އެކަމަށް އޮތް ބައެއް ގެވެށި ފަރުވާ ތަކަށެވެ.

ލުނބޯ

ލުނބޯ ހުތަކީ ހަންގަނޑު އަލިކޮށްލަދޭ އެއްޗެއްގެ ގޮތުގައި ޒަމާނުއްސުރެ މަޝްހޫރުވެފައިވާ އެއްޗެކެވެ. ތާޒާ ލުނބޯހުތްކޮޅެއް ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ތުންފަތުގައި ހާކާލާށެވެ. އަދި ހެނދުނު ހޭލައިގެން ހޫނު ފެންފޮދަކުން ދޮވެލާށެވެ.

އަންނާރު

އަންނާރަކީ ވެސް ތުންފަތުގައި ހުންނަ ކުލަ ރީތި ކޮށްދޭ އެއްޗެކެވެ. މޭޒުމަތީ ސަމުސަލެއްހާ އަންނާރު އޮށް ރަނގަޅަށް ހިމުންކުރުމަށްފަހު ތާޒާ ކިރުކޮޅެއް އަޅާފައި ރަނގަޅަށް އެއްކޮށް ޕޭސްޓް ހަދާފައި ތުންފަތުގައި ހާކާށެވެ. އަދި 2-3 މިނިޓް ފަހުން ދޮވެލާށެވެ. ހިރުވާގޮތް ވާނަމަ ވަގުތުން ދޮވެލަން ވާނެ އެވެ.

އަލުވި

އަލުވި އަކީ ވެސް ތުންފަތުގެ ހަންގަނޑަށް ރަނގަޅު އެއްޗެކެވެ. ލަކުނުގައި ހުންނަ ކަޅުކަން ފިލުވާލަން ބޭނުންވާ މުހިއްމު ގުދުރަތީ އެންޒައިމެއް އަލުވީގައި ހުރެ އެވެ. އަލުތްވެއް ފޮތިކޮށްލާފައި ނިދާގަޑީގައި ތުންފަތުގައި ހާކާލާށެވެ. ހެނދުނު ހޭލައިގެން ހޫނުފެނުން ތުންފަތް ދޮވެލާށެވެ.