ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ އިސްބޭފުޅުން މިއަދު ޖުމްހޫރީ މައިދާނުގައި ތިއްބަވަނިކޮށް ހައްޔަރުކޮށްފި އެވެ.
ޖުމްހޫރީ މައިދަނުގައި ތިއްބެވި ޕީޕީއެމް ކޯލިޝަންގެ އިސްބޭފުޅުން ކަމަށްވާ ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރަގެ މެމްބަރު އަހުމަދު ޝިޔާމް އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގްއާ ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އެވެ.
އެބޭފުޅުން ޖުމްހޫރީ މައިދާން މެދުގައި އިށީންގެ ލައިގެން ތިއްބެވީ އެވެ.
އެސަރަހައްދަށް ފުލުހުންގޮސް އެތަނުން ހަތަރު ބޭފުޅުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މަޖިލީހުގެ 4 މެމްބަރަކު ހައްޔަރުކުރެއްވިކަން ފުލުހުން ވަނީ މަޖިލީހަށް ވެސް އަންގާފަ އެވެ.
ޖުމްހޫރީ މައިދާން ސަރަހައްދަކީ ގްރީން ޒޯން އެކެވެ. ގްރީން ޒޯންއަކީ އެއްވުން މަނާ ސަރަހައްދެކެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
ޖެނިފާއާއި ބެެންގެ ކައިވެނި ރޫޅުނީ ޑިޑީގެ ސަބަބުންތަ؟
3،984ރ. ގައި ހުރި ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދިއްޖެ
ހުޅުމާލެ 2 ގައި އަލަށް ދެ އޭޓީއެމް ސެންޓަރު ހުޅުވައިފި
