ނ. މާފަރުން ފެނުނު ނުރައްކާތެރި ޖަނަވާރެއްކަމަށް ދައުރު ވަމުންދާ ވީޑިއޯއިން ފެންނަ ކަމަށް ބެލެވެނީ ބުޅަލެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯގައި ފެންނަނީ މިނިކާވަގެއްްކަމަށް ބެލެވިގެން ސިފައިން އެލާޓަށްގޮސް ހަތިޔާރާއެކު މާފަރުވަނީ ޗެކް ކޮށްފަ އެވެ. އިއްޔެ އާއި ރޭ ވެސް ސިފައިން ވަނީ އެ މިނިކާވަގު ފެނޭތޯ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެމަސައްކަތް މާފަރުގައި ތިބޭ ސިފައިންނަށް ކާމިޔާބު ނުވުމުން ސިފައިންގެ އިތުރު ޓީމެއްވެސް އެރަށަށް ދިޔަ އެވެ.
އެމްއެންޑީއެފުން ބުނީ އިއްޔެއާއި ރޭ ކުރެވުނު މަސައްކަތުން އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށެވެ.
"އިއްޔެ އާއި ރޭ ކުރެވުނު މަސައްކަތުން އެއްވެސް އެއްޗެއް ފެނިފައިނުވާތީ، ވީޑިއޯ ކްލިޕުން ފެނުނީ ކޮންއެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި އިއަދު އިތުރު ސިފައިން މާފަރަށްގޮސް މާފަރު އެެއާޕޯރޓްގެ ސަރަހަައްދު ވަނީ އެއްކޮށް ބަލާފައި.". އެމްއެންޑީއެފް އިން ހާމަކޮށްފައިވެ އެވެ.
އެގޮތުން އެތަނުން ބުޅަލެއް ފިޔަވައި އިތުރު ޖަނަވާރެއް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ހާމަކުރެ އެވެ.
"ބޮޑަށް ލަފާކުރެވެނީ ބުޅަލެއް ހިނގާފައި ދަނިކޮށް ވީޑިއޯ ކުރެވިފައިއިން ދުރުމިނާއި އެންގަލްގެ ގޮތުން އަސްލު ސައިޒަށްވުރެ ބޮޑުކޮށް ފެންނާތީ ހީވާ ހީވުމެއް ކަމަށް." އެމްއެރންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.
އެ ސަރަހައްދުން ބުޅަލެއް ފިޔަވާ އިތުރު އެއްވެސް ފެނިފައި ނުވާތީ، އިތުރަށް ފޮނުވި ސިފައިން މިހާރު އެނބުރި އައިސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އައްޑޫއަށް ވަގަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
މާވެލްގެ "އެވެންޖާސް: އެންޑްގޭމް" ސިނަމާތަކަށް އަންނަނީ!
60 އަހަރުގައި ލޯބި ލިބޭނެ ކަމަށް ހިއެއް ނުކުރަން: އާމިރު