ރާއްޖެއިން ކޮވިޑަށް މީހުން ޕޮޒިޓިވްވާ އަދަދު އަނެއްކާވެސް މައްޗަށްދާން ފަށައިފި އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3،277 ސާމްޕަލް ޓެސްޓް ކޮށްފައިވާއިރު، އޭގެތެރެއިން 44 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި މާލެ ސަރަހައްދުން ފެނިފައި ވަނީ 24 ކޭހެވެ. އަދި އަތޮޅުތެރޭގެ އެކި ރަށްތަކުން ޖުމްލަ 16 ކޭސް ފެނިފައިވާއިރު، ރިސޯޓްތަކުން ހަތަރު ކޭސް ފެނިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 14،109 އެވެ. އޭގެތެރެއިން 13،336 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
މި ބައްޔަށް 717 މީހަކަށް މިހާރު އަންނަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން 52 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގަ އެވެ. އަދި ދެ މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު، އޭގެތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ދަ ކެރެލާ ސްޓޯރީ 2: އާ ވާހަކައަކާއެކު މުޅިން އާ މޫނުތަކެއް!
އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
4،300 ޑޮލަރާއެކު އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިސޯޓަކަށް ވެލާ
