އަތްފައިގެ ނިޔަފަތިތަކުގެ ކުލަ މަރުވެ ކަޅުވެފައި ހުރުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ހައްލު ކުރަން އުނދަގޫ މި ކަމަށް ގޭގައި ދެވިދާނެ ބައެއް ފަރުވާތަކަށް މި ލިޔުމުގައި ބަލާލާނަމެވެ.

ދަތް އުނގުޅާ ބޭސް

ދަތް އުނގުޅާ ބޭހަކީ ހަމައެކަނި ދަތް ރީތިކޮށް ހުދުކޮށްލާ އެއްޗެއް ނޫނެވެ. މިއީ ވަރަށް ގިނަ ކަންކަމަށް ބޭނުންކުރެވޭ މޮޅު ހައްލެކެވެ. މި ގޮތުން ނިޔަފަތިތަކުގައި ރީނދޫކުލަ ހުންނަ ނަމަ ދަތް އުނގުޅާ ބުރުހެއްގައި ބޭސްކޮޅެއް އުނގުޅުމަށްފަހު މަދުވެގެން ފަސް މިނިޓްވަންދެން ނިޔަފަތިތަކުގައި ހާކާލާށެވެ.

ލުނބޯ

ލުނބޯއަކީ ނިޔަފަތީގައި ހުންނަ ރީނދޫ ކުލަ ފިލުވާލުމަށް ދެވޭނެ އެންމެ ފަސޭހަ ގުދުރަތީ އެއް ފަރުވާއެވެ. ކޮންމެ ހަފްތާއަކު އެއް ފަހަރު ފަނަރަ މިނިޓް ވަންދެން ލުނބޯ ފޮއްޗަކުން ނިޔަފަތީގައި އުނގުޅާށެވެ. މި ގޮތަށް ފަނަރަ މިނިޓްވުމުން، ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވެލާށެވެ.

އެޕަލް ސިޑާ ވިނެގާ

އެޕަލް ސިޑާ ވިނެގާ އަކީ ފަންގަލް އިންފެކްޝަންތަކުން ރައްކާތެރިކޮށްދޭ މޮޅު ފަރުވާއެކެވެ. މި ގޮތުން ކޮންމެ ހަފްތާއަކު އެއްފަހަރު ތާޒާ ފެނަށް ދެ ސަމުސާ އެޕަލް ސިޑަ ވިނެގާ އެޅުމަށްފަހު 15 މިނިޓްވަންދެން އަތް ފެނުގެ ތެރެއަށް ލާށެވެ. ގަވާއިދުން މިކަން ކުރާނަމަ އަތުގެ ނިޔަފަތިތަކުގެ އިތުރުން އަތްތިލައަށްވެސް ފައިދާ ކުރާނެ އެވެ.