ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 3،888 ސާމްޕަލުން ރާއްޖެއިން އިތުރު 37 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 20 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި ދެ މީހެއްގެ އިތުރުން ސަފާރީއަކުން ޕޮޒިޓިވްވި މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހެކެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 13،930 އަށް ވަނީ އަރާފަ އެވެ. މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 13،217 އެވެ.
ކޮވިޑްގެ މިހާރު ހުރި އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 658 އެވެ. އޭގެ ތެރެއިން 41 މީހުންނަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގަ އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 48 މީހަކު ވަނީ މަރުވެފަ އެވެ.
އަލްކާގެ ސިއްހަތާމެދު ގިނަ ބަޔަކު ކަންބޮޑު ވެއްޖެ
ވިނީޝިއަސްގެ ދެ ގޯލާއެކު ބްރެޒިލް ދެވަނަ ބުރަށް
ސަރުކާރުގެ ފަސް ކުންފުންޏެއްގެ ބޯޑަށް ބަދަލު ގެނެސްފި
