މިއަހަރަށް ރައްޔިތުންގެ މަޖިލިސް އަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ހުޅުވާތީ އެދުވަހު ސަރުކާރު ބަންދުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް 21 ޖަނަވަރީ 2019ގެ ދެންނެވުމުން ހަމަޖައްސަވާފައިވާތީ، ރައްޔިތުންގެ މަޖިލީހަށް މިއަހަރު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާ ފެބުރުއަރީ 4 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށެވެ.
ކޮންމެ އަހަރަކަށް ވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހު ރައީސްގެ ރިޔާސީ ބަޔާނެއް އިއްވަވާނެ އެވެ. އާއްމުކޮށް ރިޔާސީ ބަޔާން އިއްވާ ދުވަހު ސަރުކާރު ބަންދުކުރެ އެވެ.
75 ވަނަ މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލު ކުރާނީ ޔުއީން!
ބަރުދަން ލުއި ކުރުމަށްއުރެ އިތުރު ކުރަން ފަސޭހަ ވަނީ ކީއްވެ؟
ފްލެޓްތަކުގައި ގާބޭޖް ޝޫޓް ހަރުކޮށްފައި ނުވާތީ ސުވާލު ކުރަނީ