ޔޫއޭއީއަށް ނިސްބަތްވާ ޑރ. ހަވްލާ އަލްރޮމައިތީއަކީ ތަފާތު ކަންތައް ތަޖުރިބާކުރާ ހިތްވާ ޑޮކްޓަރެކެވެ.
މިހާރު އޭނާ ވަނީ އެންމެ ކުޑަ މުއްދަތެއްގެ ތެރޭގައި ދުނިޔޭގެ ހަތް ބައްރަށް ދަތުރުކުރުމުގެ ރިކޯޑެއް ހަދާފަ އެވެ.
އޭނާ މި ރިކޯޑު ހަދާފައި ވަނީ ތިން ދުވަސް، 14 ގަޑި އިރާއި 48 މިނެޓު އަދި 16 ސިކުންތުންނެވެ. މި ރިކޯޑު ދަތުރު ނިންމާލާފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އޮސްޓްރޭލިއާއިންނެވެ.
ޑރ. ހަވްލާ އަކީ މި ރިކޯޑު މުގުލާލެވުނު ފުރަތަމަ މީހާ އެވެ. މީގެ ކުރިން މި ރިކޯޑު އޮތީ އެމެރިކާގެ ދެމަފިރިން ކަމަށްވާ ކޭސީ ސްޓުވާޓް އާއި ޖޫލީ ބެރީގެ އަތުގަ އެވެ. އެ ދެމަފިރިން ދުނިޔޭގެ ހުރިހާ ބައްރަކަށް ދަތުރު ކޮށްފައިވަނީ ތިން ދުވަހާއި 20 ގަޑިއިރާއި 4 މިނެޓު އަދި 19 ސިކުންތުންނެވެ.
ހަށިގަނޑުން ނުބައި ވަސް ދުވާނަމަ ޑޮކްޓަރަށް ދެއްކުން އަވަސްކުރޭ!
އައްޑޫއަށް ވަގަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
އިސްތަށިގަނޑު މާ ބޮޑަށް ހިރުވަނީ ކީއްވެ؟
