މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ހިންދީ ބަހުން ކިޔާފައިވާ ފުރަތަމަ ލަވައިގެ ވީޑިއޯ ނެރެފި އެވެ.
ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ކިންގްއާއެކު ކިޔާފައިވާ "މާން މޭރީ ޖާން"ގެ ވީޑިއޯ ލަވަ އާއްމުކޮށް ނެރެފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.
ހަނަފަސް ސަރަހައްދެއްގައި އެ ވީޑިއޯ ކުޅެފައިވާއިރު ވީޑިއޯގައި ކިންގްގެ އިތުރުން ނިކް ވެސް ފެނިގެންދެ އެވެ. މިއީ ބޮލީވުޑްއާ ގުޅޭ މަސައްކަތެއް އޭނާ ކުރި ފުރަތަމަ ފަހަރެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއާ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ނިކް ބުނާ ގޮތުގައި އިންޑިއާއަށާއި އިންޑިއާގެ މިއުޒިކަށް އޭނާގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވެ އެވެ.
ނިކްއާއި ޕްރިޔަންކާގެ ކައިވެންޏަށް ސަރޮގެސީ މެދުވެރިކޮށް އަލަތު ދަރިފުޅު ލިބިފައިވާއިރު އެ އާއިލާ ވަނީ ވަރަށް ފަހުން އިންޑިއާއަށް ޒިއާރަތް ކޮށްފަ އެވެ<
މިފްކޯގެ އެމްޑީ ކަމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް
ޕީސީބީގެ ރައީސް ކަމަށް ނިޒާރު އައްޔަންކުރައްވައިފި
ފޮނި އެއްޗެހި ކާހިތްވުން ކުޑަކުރަން ކުރެވިދާނެ 8 ކަމެއް