ނޫމަޑި މައްސަލާގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދޮގު ބަޔާންދިނުމުގެ ދައުވާގެ ޝަރީއަތުގެ އަޑުހުންތައް ނިންމާލައި ހުކުމްކުރަން ތައްޔާރުވެއްޖެ އެވެ.
ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދީފައިވާ ކަމަށް ބުނެ އެވެ.
މި މައްސަލައިގައި މިއަދު ވަނީ ހުލާސާ ބަޔާންއިއްވާފަ އެވެ.
ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ބުނެފައި ވަނީ ޝައްކެއް ނެތް މިންވަރަށް މުއިއްޒުގެ މައްޗަށް ދައުވާ ސާބިތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، ދިފާއުން ވަނީ އެކަމަށް އިންކާރުކޮށް މުއިއްޒުގެ މައްޗަށް އެ މައްސަލަ ސާބިތުވާނެ ވަރުގެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ބުނެފަ އެވެ.
މި މައްސަލަ ބެއްލެވި ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ މައްސަލަ ނިންމުމަށް ބާއްވާ އަޑުއެހުން ބަންދު ދުވަސްތައް އުނިކުރުމަށްފަހު 15 ދުވަސް ތެރޭގައި ތާވަލުކުރާނެ ކަމަށެވެ.
ހަމަ ސީދާ ހަރާމް ދައުވާއެއްމީ މިކަމުން ސަރުކާރަށް ހަމަ ވާނީ ގެއްލުން
މީ ބަލައިގަނެވޭނެ ދައުވާއެއްނޫން ހަމަ ސިޔާސީ ދައުވާއެއްމީ
ސަރުކާރު ފެއިލްވެއްޖެ ދެންވެސް ކަންކުރަން ތިބޭ ބޭފުޅުންނަށް ހުކުމް ނުކޮށް މައިތިރިވެގެން ތިބެބަލަ
މުއިޒް ހިންގާލާތީ ސަރުކާރަށް ހަޖަމެއްނުވޭ
ކަލޭމެން ބަދަލްދީފަ ކޮންހާ ދައުވާއެއް ތި ކުރަނީ މީ އެއްވެސް އިންސާފެއްނޫން
ޑރ.މުއިއްޒު ހަމަ ޔަގީނުންވެސް ދައުލަތަށް ގެއްލުންވާ ގޮތައް މޭޔަރ ބަޔާން ނުދޭނެ. ސަރުކާރުން މިކުޅޭ ކުޅިގަނޑު ބޭޒޒާރުވާނެ.
ބަދަލް ދިނީވެޒް މިސަރުކާރުން. ދައުވާ މޭޔަރ މައްޗަށް. ތަފާތު ބަޔެއް މިއީ
ހެޔޮނުވާނެ. ކަލޭމެން ސިޔާސީ ދައުވާނުކޮށް ގައުމު ހިންގޭތޯ އުޅެބަލަ. ހަބަރު ކިޔާލީމަވެސް އިނގޭ ސީދާ ސިޔާސީ ދައުވާއެއްކަން.
މި ސަރުކާރުން ބަދަލު ދީފަ ދެން ކޮން ދައުވާއެއްތަ މި ކުރަނީ؟
ބުނަން ވާހަކައެއް. އަހަރުމެން މިދަނީ ވަރަށް ގާތުން މިމައްސަލަ ބަލަމުން. މިހެން މީހުންގެ އަބުރުކަތިލާހެން ދައުވާނުކޮށް ރައްޔިތުންނަށް ކަމެއް ކޮށްދެވޭތޯ އުޅެބަލަ ފުރަތަމަ
މޭޔަރ މުއިޒް ފްރޭމްކުރުން ސަރުކާރުން ކުރާ މަސައްކަތް ދާނީ ފަލީހަތްވަމުން. އިންޝާﷲ ހައްގަށް ނަސްރުލިބޭނެ
ތިމާމެން ވެރިކަމަށް އައީ ސިޔާސީ ދައުވާ ނުކުރާނަމޭ ކިޔާފަ. ފެނިގެން އެކަމް މިދަނީ ސިޔާސީ ވާދަވެރިޔެއް ކުރިއްޔާ ފްރޭމްކޮށް ކުޑަގޮޅިޔަށް ލާން އުޅޭތަން. މުއިއްޒް އަށް ކާމިޔާބްދެއްވާށި
ބަދަލް ދިނީ މިސަރުކާރުން. ކަޓް ނެގީ މިސަރުކާރުގެ މިނިސްޓަރުން. އެކަމަކު ދައުވާ މިކުރަނީ މުއިޒްއަށް؟ މިއީ ކޮންކަހަލަ އިންސާފެއް. މިޔަށް ކިޔާ އުޅެނީ ސިޔާސީ ދައުވާއޭ
މިހާރުވެސް ކަމެއް ކުރެވޭ މީހަކަށް ހުރީ ތިބުނާ މުއިއްޒް. ދެން އޭނަ ފަހަތުން ނުދުވެ ކަލޭމެން ބަލާބަލަ ކަމެއް ވޭތޯ. އަމިއްލަ ޕްރޮޖެކްޓެއްގެ ރިބަން ކެޑޭތޯ ނިކަން އުޅެބަލަ. އަހަރުމެންގެ ދަރިން ކުޅެލާނެ ޕާކެއް ހެދީވެސް އޭނަ.
މުއިއްޒް ސިޔާސީ ރޭހަަށް ނުކުމެފާނެތީ ބިރުން ތިއުޅެނީ. ސިޔާސީ ދައުވާ
ސަރުކާރުން ކޯޓުން ބޭރުގައި މަޝްވަރާކޮށް، ނޫމަޑީއަށް 55 މިލިއަން ޑޮލަރުގެ ބަދަލެއް ދޭންޖެހޭ ސަބަބެއްދެން ނުވިސްނުނު. މުއިއްޒު ދިނީ ދޮގު ބަޔާނެއްނަމަ ދައުލަތުގެ މާލީ ބުރަޔަށް ވިސްނާފައެކަނި ނަމަވެސް ލަސްކުރިއްޔާ ކީއްވާނީ. އަދި އެވެސް ކޯވިޑު އެންމެ ހާލުގަ ގައުމު އޮތް ދުވަސްވަރު. ވިސްނައިފި ބަޔަކަށް އިބުރަތެއް.
ކަލޯ ނޫމަޑިން އެދުނީ 155 މިލިޔަން ނަގަން. އެކަމަކު މިސަރުކާރުން ތިބުނާ 55 މިލިޔަން ކޯޓުން ބޭރުން ދިނީ. މިވާނުވާ ސިކުޑިން ނިކަން ވިސްނާލަބަލަ. އޭރަށް އިނގޭނެ ގޯސްވީ ސަރުކާރުތޯ މުއިޒް ތޯ
މިސަރުކާރުން ނޫމަޑިއަށް ފައިސާދފާ މުއިއްޒުއާ ދެކޮޅަށް ދައުވާ މިކުރަނީ. މިއީ މަޖާ ބަޔެއް
ސަރުކާރުގެ ވެރިން ކަޓް ނަގައިގެން ނޫމަޑިއަށް ބަދަލް ދިނީ. ދެން ކީއްވެ މުޢިއްޒުއަށް ދައުވާ މިކުރަނީ؟ މިއީ މިމީހުންގެ ވައްކަން ފޮރުވަން ކުރި ކަމެއް.
ސިޔާސީ ދައުވާކުރުން ނޫންކަމެއް ސަރުކާރުން ނުކުރޭ. ސިޔާސީ ވާދަވެރިން ފަހަތުން މުޅިން މިދުވަނީ.
ބަލަގަ ޝާހިދު، ފައްޔާޒް، އަމީރު އަދި އޭޖީ ރިއްފަތު ކައިރީ އަހާބަލަ ކޯޓުން ބޭރުން މިމައްސަލަ ނިންމައިގެން ކިހާވަރެއް ލިބުނުތޯ؟ އިނގޭތީ މިއެހީ
މިއީ ކަނޑައެޅިގެން ސިޔާސީ ދައުވާއެއް. އެހެނީ ދޮގު ބަޔާނެއް ދިންނަމަ ބަދަލް ދޭކަށް ނުޖެހުނީސްކަން ޔަގީން. ބަދަލް ދިނީ މިސަރުކާރުން. އެހެންވީމަ ވަރަށް ސާފު ސިޔާސީ ދައުާވާއެއް މިއީ. އިންޝާﷲ ކާމިޔާބް ވާނެ