ވިހި އެމްބިއުލާންސް ހޯދުމަށް ހެލްތު މިނިސްޓްރީން އެސްޓިއޯއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ސައީދެވެ.
އެއްބަސްވުމުގެދަށުން ގެނެވޭ 20 އެމްބިއުލާންސް، 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ރާއްޖެ ގެނެވި، މިނިސްޓްރީއާ ހަވާލު ކުރެވޭނެ އެވެ.
އެސްޓީއޯ އިން މީގެ ކުރިންވެސް ވަނީ މިނިސްޓްރީގެ އެދުމަކަށް، ސިއްހީ ދާއިރާއަށް ބޭނުންވާ 96 އެމްބިއުލާންސްއެއް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް، މިދިޔަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ފޯރުކޮށް ދީފަ އެވެ.
ސިނާއަތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 51.7 ބިލިއަނަށް
ސަލްމާންގެ އާ "ލުކް"އާއެކު "ތޭރޭ ނާމް"ގެ ހަނދާންތައް އާކޮށްދީފި
ސްވިޑަން އާއި އައިވަރީ ކޯސްޓް ވޯލްޑް ކަޕް ފެށީ މޮޅަކާއެކު
