މެލޭޝިއާގެ ބަޓިކް އެއާ އިން ރާއްޖެއަށް މޭ މަހު ދަތުރު ފެށުމަށް ނިންމައިފި އެވެ.
ބަޓިކް އެއާ އިން ރާއްޖެ އަށް ކުރާ ދަތުރު ތަކުގައި އެއާލައިނުން ބޭނުންކުރާނީ ބޯއިން 737 މެކްސް 8 މަރުކާގެ މަތިންދާބޯޓެވެ .
ބަޓިކް އެއާއިން ރާއްޖެއަށް ކޮންމެ ދުވަހަކު ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ދަތުރުތައް ފަށާނީ މޭ މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.
ބަޓިކް އެއާ މެލޭޝިއާގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ސްރީލަންކާގެ ކޮލަންބޯގައި ޓްރާންސިޓް ކުރުމަށްފަހު އެވެ.
އެ އެއާލައިނުން 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ސްރީލަންކާއަށް ދަތުރުތައް ކުރި އެވެ.
މިއީ ބަޓިކް އެއާ މެލޭޝިއާގެ ދަތުރުތައް ރާއްޖެއަށް ކުރާ ފުރަތަމަ ފަހަރެވެ.
މެލޭޝިއާއަކީ އެކި ބޭނުން ތަކަށް ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ ގައުމެކެވެ.

ޓްރަމްޕްގެ އަމިއްލަ ފޯނު ނަމްބަރު ބަހާތީ އުނދަގުލަކަށް ވެއްޖެ
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
މޮސާޑް އިސްވެރިޔާގެ ސިއްރު ލިޔެކިޔުންތައް ހެކްކޮށް ލީކުކޮށްލައިފި
