ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒިން) ގެ އުފަންދުވަސް ފާހަގަކުރަން މާލޭގައި މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.
ކައިޒީންގެ އުފަންދުވަހާ ގުޅިގެން ހަވާއަރުވަން ނިންމާފައި ވަނީ މިރޭ ދަންވަރު 12 ޖަހާއިރު އެވެ. އެމްއެންޑީއެފް އިން ބުނީ ހަވާ އަރުވާނީ އުސްފަސްގަނޑާ ދިމާލުން ބޭރު ކަނޑުގެ ސަރަހައްދުގައި ކަމަށެވެ.
"މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިޔަށް ގެންދާ ހަރަކާތެކެެވެ،" އެމްއެންޑީއެފުން ކުރި ޓުވީޓެއްގައި ވެ އެވެ.
ހަވާ އަރުވަން ނިންމާފައި ވަނީ ހަ މިނެޓަށް ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ދިވެހީންގެ ބޭނުމަކަށް ނަމަ ހަވާއަރުވައި ދެނީ ކޮންމެ މިނިޓަކަށް 600 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ. ދިވެހީންގެ ބޭނުމަށް ހަވާ އަރުވާނަމަ ފައިސާ ދައްކަންޖެހެނީ ރުފިޔާ އިންނެވެ.
ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދާފައިވާ ފާއިތުވި ދެ އަހަރު އުފަންދުވަސް ފާހަގަކުރޫ ރާއްޖެއިން ބޭރުގަ އެވެ.
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
