މާލޭ ބޮޑުތަކުރުފާނު މަގުގައި އިންދާފައި ހުރި ބޯގަންވިލާ ގަސްތައް ވަގަށް ނަގަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ބޮޑުތަކުރުފާނުމަގު ޒީނަތްތެރި ކުރުމުގެ ގޮތުން ކަދުރު ރުއް އިންދާ އޭގެ ޕިޓްތަކުގައި ޖަހާފައި ހުރި ބޯގަންވިލާ ގަސްތައް ވަގަށް ނަގަމުންދާކަން ފާހަގަވާ ކަމަށެވެ.
އަދި އެކަން އެގޮތައް ނުކުރުމަށް މާލެ ސިޓީ ކައުންސިލުން ނަސޭހަތްތެރިވެ އެވެ.
ޗާލު މާލެ ސިޓީ އަމާޒަށް ވާސިލުވުމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މުހިންމު ކަމަށް ކައުންސިލުން ބުނެ އެވެ.
މާލޭގެ މަގުތައް ޒީނަތްތެރި ކުރުމަށް މާލެ ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން މާލޭ ބޮޑުތަކުރުފާނު މަގުގައި ކަދުރު ރުއްތައް އިންދާ އޭގެ ޕިޓުގައި އެކި ކުލަކުލައިގެ ބޯގަންވިލާ ގަސް ވަނީ އިންދާފަ އެވެ. އަދި ބޮޑުތަކުރުފާނު މަގުގައި ލެޑް ލައިޓު ހަރުކޮށް ޒީނަތްތެރިކުރަމުން ގެންދެ އެވެ.
ހަށިގަނޑު އަވަހަށް ވަރުބަލި ކޮށްލާ ސިއްހީ 5 މައްސަލައެއް!
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
ހޯރަފުށީ ކުރީގެ ކައުންސިލަރުންގެ މައްސަލަ ޕީޖީއަށް ފޮނުވައިފި
