ގދ. މަޑަވެލީގައި އިއްޔެ އަންހެނަކަށް އަނިޔާކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މަޑަވެލި ކޯޓުން އަމުރުކޮށްފި އެވެ.
މަޑަވެލީގައި އަންހެނަކަށް އަނިޔާކުރާ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި އާންމުވެ މުޅި ގައުމުގެ ސަމާލުކަމަށް އެކަން އައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 33 އަހަރުގެ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމަން މަޑަވެލީ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ވަކިގޮތެއް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި އަނިޔާ ލިބުނު އަންހެން މީހާއަށް ޖެންޑާ މިނިސްޓްރީން ވަނީ ހިމާޔަތްދީފަ އެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަގޮތުގައި އެ މީހާ އަންހެން މީހާއަށް އަނިޔާކުރީ ކުޑަކުދިންގެ ވެސް ހާޒިރުގަ އެވެ.
އެ އަންހެން މީހާއަށް ލިބުނު އަނިޔާތަކަށް މަޑަވެލީ ސިއްހީ މަރުކަޒުގައި ވަނީ ފަރުވާދީފަ އެވެ.
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!
ފާޑުކިޔާ މީހުންނަށް ކަންގަނާގެ "ފިލްމީ" ރައްދެއް!
ރޮނާލްޑޯ އާއި ޖޯޖީނާ އަންނަ ހަފްތާގައި ކައިވެނި ކުރަނީ
