ޖުމްހޫރީ ޕާޓީގެ އެއްވެސް ބޭފުޅަކު ސަރުކާރުން ވަކިކުރެވޭނީ އެމަނިކުފާނު ވެސް ފަހަނައަޅައި ގޮސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިން ވަކިން ވާދަކުރުމަށް ނިންމުމާ ގުޅުގެން ސަރުކާރަށް ތާއީދުކުރާ މެމްބަރުން ގެންދަވަނީ މިހާރު ސަރުކާރުގައި ތިބި ޖޭޕީގެ ވަޒީރުން ވަކިކުރުމަށް ގޮވާލަމުންނެވެ.
ޖޭޕީން ބޭއްވި އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާއެކު، ކޯލިޝަން މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ.
އެ ނިންމުމާމެދު ހިތްހަަމަނުޖެހިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބައެއް ބޭފުޅުން ގެންދަވަނީ ޖޭޕީގެ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވަމުންނެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވަނީ އެ ބޭފުޅުން ވަކިކުރަން ވެސް ގޮވާލައްވައިފަ އެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ޖޭޕީގެ މެމްބަރުން މަޖިލީހަސް ހާޒިރުކޮށް ކަންބަޅި ކަތިލާހެން މަގާމުން ވަކި ކުރާނެ ކަމަށް ވިދާޅުވެފައި އެވެ.
ރާއީގެ މި ވާހަކަތައް ރިޕޯޓުކޮށްފައިވާ ހަބަރެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ގުރޫޕަކަށް މެމްބަރަކު ވަނީ ލާފަ އެވެ. އަދި އެ މެސެޖުގައި ގާސިމް ޓެގް ކުރައްވާފައިވެ އެވެ. އަދި ޖޭޕީގެ އެއްވެސް މެމްބަރަކު މަގާމުން ވަކި ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ މިވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދު ވަނީ ގާސިމްގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ގާސިމްގެ މެމްބަރުން ވަކިކުރެވޭނީ އެބޭފުޅާ ފަހަނައަޅާ ގޮސް ކަމަށެވެ.
ނަޝީދު ވިދާޅުވީ އަނދަގޮނޑިއާއި ކުޑަގޮޅި ވެސް ވަރަށް ރަނގަޅަށް ދަންނަ ކަމަށާއި ސަރުކާރުން ބޭނުންވަނީ ރައްޔިތުން މަގުތަކަށް ނެރެން ކަމަށް ބުނެ ރާއީ އާ ވަނީ ސުވާލުކުރައްވާފައި އެވެ.
ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ނިންމާފައިވުމުން ސަރުކާރުގައި ރިޔާސީ ދެ ކެންޑިޑޭޓުންނަށް ތިބެން އުނދަގޫވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވެސް ވަނީ ވިދާޅުވެފައި އެވެ. އަދި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ޖޭޕީ އިން ވަކިން ވާދަކުރަން ނިންމުމަކީ ރައީސްއަށް އޮތް ގޮންޖެހުމަކަށް ނުވާނެ ކަމަށެވެ.
މިކޯލީޝަން ސަރުކާރުގެ 03 ވަޒީރުން އަންނިސޮރު މަޖުލިސް ބާރުބޭނުންކޮށް ވަކިކުރި ވަރަށް ވަރަށް ސާފް
ބައްތިނިވެން ހެދީމަ ތެޔޮއަޅަން ގާސިމުކައިރީ ތިޔަތެޅެނީ!