މޫނުގައި އިސްތަށި ފެޅުމަކީ ބައެއް އަންހެނުނަށް ދިމާވާ ކަމެކެވެ. މިއީ ބައްޔެއްގެ ސަބަބުން ދިމާވާ ކަމެއް ނޫނެވެ. މިހެން ދިމާވަނީ “ޓެސްޓޮސްޓެރޯން” ކިޔާ ހޯމޯންއެއް މައްޗަށް ދިއުމުންނެވެ. ބައެއް މީހުން މި އިސްތަށިތައް ވެކެސް އާއި ތްރެޑް ބޭނުންކޮށްގެން ނައްތާލަ އެވެ.
މގޮތަށް ކަންތައް ކުރުމުން މޫނު ރަތްވެ ހަލާކުވެފައި ހުރެ އެވެ. މީގެ ބަދަލުގައި ގުދުރަތީ ބައެއް ތަކެތި ބޭނުންކޮށްގެން ވެސް އިސްތަށިތައް ނައްތާލެވިދާނެ އެވެ. ތިރީގައި މިގެނެސްދެނީ އިސްތަށިތައް ނައްތާލުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
މައިލޑްް ކްލީންޒާއެއް ބޭނުންކޮށްގެން މޫނު ދޮވެލުމަށްފަހު ތުވާލި ބޭނުންކޮށްގެން ފެން ހިއްކާލާށެވެ. އެއަށްފަހު އިސްތަށިގަނޑު އައްސާލާށެވެ.
އެއަށްފަހު ބޯތައްޓަކަށް މޭޒުމަތީ ސަމުސަލެއްގެ ޖެލެޓިން އާއި ބައި ސަމުސާ ކިރު އެޅުމަށްފަހު 20 ސިކުންތު ވަންދެން އަވަނަށް ލާށެވެ. ޖެލެޓިން ކޮޅު އެއްކޮށް ވިރި ޕޭސްޓަކަށް ވަންދެން ގަށާލާށެވެ
ޖެލެޓިން ކޮޅުގެ ތެރެއަށް ތިން ތިކި ލުނބޯ ހުތް އަޅާލާށެވެ. ލުނބޯ ހުތުގައި ސިޓްރިކް އެސިޑް އެކުލެވޭއިރު އޭގެ ސަބަބުން ބޭކާރު އިސްތަށި ނައްތާލަދެ އެވެ. މީގެއިތުރުން ލުނބޯގައި ވިޓަމިން ސީ އެކުލެވޭއިރު އޭގެ ސަބަބުން ހަންގަނޑު އަލިކޮށްދެ އެވެ.
މި މާސްކުގައި މީރުވަސް ދުއްވަން ބޭނުންނަމަ ކުޑަ ލެވެންޑާ ތެޔޮކޮޅެއް އަޅާލާށެވެ. މާ ގިނައިން ތެޔޮ ނާޅާށެވެ. އެހެން ނޫންނަމަ ޕޭސްޓްގެ ބާރު ދަށްވާނެ އެވެ.
މި މާސްކު ތައްޔާރުކުރުމަށްފަހު ވަގުތުން އުނގުޅަން ވާނެ އެވެ. ގިނައިރު ވަންދެން ބަހައްޓައިފިނަމަ މި ޕޭސްޓް މާ ބޮޑަށް ތަތްވެ އުނގުޅަން އުނދަގޫ ވާނެެ އެވެ.
ޕޮޕްސިކުލް ސްޓިކެއް ބޭނުންކޮށްގެން މަތިމަހާއި ތުނބުުޅީގައި މި ޕޭސްޓް ތުނިކޮށް އުނގުޅުމަށްފަހު ފަހެއް ނޫނީ ވިހި މިނެޓް ވަންދެން މަޑުކޮށްލާށެވެ. ހަންގަނޑަށް ބާރުވާން ފެށުުމުން ކުއްލިއަކަށް މި ޕެސްޓް ނައްޓާލާށެވެ. އޭރުން މަތިމަހުގައި ހުރި އިސްތަށިތައް ނެއްޓޭނެ އެވެ.
ފޭސް ކްރީމް ބޭނުންކޮށްގެން މަތިމަސް ރަނގަޅަށް މަސާޖްކޮށްލާށެވެ. އޮއިލް ފްރީ ކްރީމެއް ބޭނުންކުރަން ހަނދާން ކުރާށެވެ.