ނިޔަފަތިތަކުގެ ގުދުރަތީ ކުލައަކީ މަޑު ފިޔާތޮށި ކުލަ އެކެވެ. މި ކުލަ ބަދަލުވެ ރީނދޫކުލަ ނުވަތަ ކަޅުކުލަ ހުރުމަކީ ފަންގަލް އިންފެކްޝަންއެއްގެ ނިޝާނަކަށް ވެދާނެ އެވެ. އެހެން ކަމުން ނިޔަފަތިތައް މިހެން ހުންނަނަމަ އަޅާނުލާ ނުވާނެ އެވެ. މި ލިޔުމުގައި މި ބަލާލަނީ އެކަމަށް އޮތް ބައެއް ހައްލުތަކަށެވެ.

ލުނބޯ ނަދި ބޭކިން ސޯޑާ

ލުނބޯ ހުތް ފަޅިއަކާއި އެއް ސަމުސާ ބޭކިން ސޯޑާ އެއްކޮށް ޕޭސްޓެއް ހަދާށެވެ. އެ ފޭސްޓު ނިޔަފަތިތަކުގައި އުނގުޅުމަށްފަހު 10 މިނެޓު ވުމުން ދަތް އުނގުޅާ ބުރުހަކުން ނިޔަފަތިތައް މަޑުމަޑުން އުނގުޅާލާށެވެ. އެއަށްފަހު ސައިބޯނި ފެނުން ރީތިކޮށް ދޮވެލާށެވެ.

ދަތް އުނގުޅާ ބޭސް

ވައިޓްނިން ޓޫތުޕޭސްޓު ނުވަތަ ހުދު ކުލައިގައި ހުންނަ ދަތް އުނގުޅާ ބޭހުގެ ތުނި ފަށަލައެއް ކަޅުވެފައިވާ އިނގިލިތަކުގައި އުނގުޅާށެވެ. 10 މިނެޓުވުމުން ދަތް އުނގުޅާ ބުރުހަކުން މަޑުމަޑުން ހާކާލާށެވެ. އެއަށްފަހު ތެއްމާލާފައިވާ ކަފަކޮޅަކުން އިނގިލިތައް ފޮހެލާށެވެ.

ރާހުތް

ބޯތަށްޓަކަށް އެއްޖޯޑު ތާފަނާ ފެނާއި ދެ ސައިސަމުސާ ރާހުތް އެޅުމަށްފަހު ރަނގަޅަށް ހާކާލާށެވެ. މި ފެނަށް އިނގިލިތައް ލައިގެން 15 މިނެޓު މަޑުކުރާށެވެ. އަދި އެއަށްފަހު ސާފު ތާފަނާ ފެންފޮދަކުން އިނގިލިތައް ދޮވެލާށެވެ.