ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން އެތަނުގައި އުޅޭ އާންމުންގެ ހިޔާލު ހޯދަން ސާވޭއެއް ކުރަން އެޗްޑީސީން ނިންމައިފި އެވެ.
އެޗްޑީސީން ބުނީ މާދަމާއިން ފެށިގެން އަންނަ މާޗުގެ ހަވަނަ ދުވަހާ ހަމައަށް ސާވޭ ކުރަން ނިންމާފައިވާ ކަމަށެވެ.
މި ސާވޭއަށް މައުލޫމާތު އެއްކުރާނީ ފްލެޓްތަކަށް ޒިޔާރާތްކޮށް، އޮންލައިން ފޯމެއް ފުރައިގެން ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
މި ސާވޭގައ އާމްދަނީ އާއި ހަރަދު އަދި ކޭޝް ކާޑާއި ބެންކު އެކައުންޓު ފަދަ މައުލޫމާތުތަކެއް ނާހާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ. މިކަމާ ގުޅޭ މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، އެޗްޑީސީގެ ރަސްމީ ނަމްބަރަށް ގުޅައިގެން މައުލޫމާތު ބެލޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެެ އެވެ.
އެޗްޑީސީން އިތުރަށް ބުނިގޮތުގައި މި މަސައްކަތުގައި ބައިވެރިވާ މުވައްޒަފުން ތިބޭނީ އެ ކޯޕޮރޭޝަންގެ މުވައްޒަފެއްކަން އަންގައިދޭ ކާޑެއް އަޅައިގެންނެވެ. މި ސާވޭއާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕޮރޭޝަންގެ ކޯލް ސެންޓަރު ނަމްބަރަށް ގުޅައިގެން ވެސް ސާފުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.