ސަފާރީއެއްގައި ފަތުރުވެރިއަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން ބުނީ، ސަފާރީއެއްގައި ފަރުތުވެރިއަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެ މައްސަލަ މިހާތަނަށް ރިޕޯޓު ކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ މައްސަލަ އެ އިދާރާއިން އަންނަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެ އެވެ.
އެނގިފައިވާގޮތުގައި މި ހާދިސާގައި އަނިޔާ ލިބުނު އަންހެން ފަތުރުވެރިޔާ އަތުގައި ހުރި ފައިސާތައް ވެސް ވަނީ ފޭރިގަނެފަ އެވެ. މީގެ ކުރިން ވެސް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވި އެވެ.
ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާކުރުމުގެ ތުހުމަތުގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މުޚައްމަދުގެ ފިރިކަލުންގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ.
ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނުލިބުމުގެ ސަބަބުން މައްސަލަ އޭނާގެ މައްޗަށް ސާބިތެއް ނުވެ އެވެ.
ފޯޅަވަހި ސަރަހައްދަށް ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް
ޖަރުމަނުގައި 15 މީހުން މަރާލި ޑޮކްޓަރު އުމުރުދުވަހަށް ޖަލަށް
އީރާނުން ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދު ދޭނަން: ޓްރަމްޕް
