މާލޭގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެފައިވަނީ މާލޭގެ ބޮޑުތަކުރުފާނު މަގު ފަތާ ޓްރެކް ކައިރީގައިވާ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްގެ ކައިރިންނެވެ.
ފުލުހުން ބުނީ، ބޮޑުތަކުރުފާނު މަގު ފަތާ ޓްރެކް ކައިރި، ދެ ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 13:12 ގައި ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އެކަކަށް ވަރަށް ބޮޑަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ގެންދާކަމަށް އެ އިދާރާއިން ބުނެފައިވެެ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން އިތުރަށް ބުނީ، މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާކަމަށެވެ.
ގަސް ހެއްދުން: އުމުރު ދިގުވުމުގެ އިތުރުން ވެސް ގިނަ ފައިދާތަކެއް!
3 މިނިސްޓްރީ އެނދީ ކަރަންޓް ޝޯޓު ވެގެން: އިހުސާން
ބިގް ބޭންގް ތިއަރީއަކީ ހިތި ތަޖުރިބާއެއް ކަމަށް ޖިމް ބުނީ ކީއްވެ؟
