އުފެދުމުގައި، އަދި އޭގެ ފަހުން ވެސް ކަންފަތް ބީރުވެފައި ތިބި މީހުންނާއި މަންމަން މީހުން ރަނގަޅު ކުރާ ކަމަށް މަޝްހޫރު ކުރާ އިރާގުގެ ޑޮކްޓަރެއްގެ މައްސަލަ އޭނާ ރާއްޖެއިން ފުރައިގެން ދިޔަފަހުން ބަލަން ފަށައިފި އެވެ.
ޑރ. މާލާ އަލީ މަހުމޫދު އެކަން ކުރަނީ ހަމައެކަނި ގުރުއާނުގެ އާޔަތްތަކެއް ކިޔައިގެންނެވެ. އަޑު ނީވޭ އެތައް ބަޔަކު، އެތައް ބަޔެއްގެ ކުރިމަތީގައި އޭނާ ރަނގަޅުކޮށްދީފައިވެ އެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ޓޫރިސްޓް ވިސާގައި އޭނާ ވަނީ ރާއްޖެ އައިސްފަ އެވެ. ގާތްގަނޑަކަށް އުމުރުން 10 އަހަރުގެ ކުއްޖަކު އެ އާއިލާގެ މީހުންގެ ކުރިމަތީގައި އޭނާ ރަނގަޅުކޮށްދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ވަރަށް ގިނަ ކުދިން އޭނާ ރާއްޖެއިން ރަނގަޅުކޮށްދީފައިވާނެ ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ އޭނާ އެކަން ކޮށްފައި ވަނީ ހުއްދަ ނުނަގައި ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޑރ. މާލާ އެކަންކޮށްފައި ވަނީ ފައިސާ ނަގައިގެންނެވެ. އެކަމަކީ ދީނާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ދިނީ އިލްމުވެރިން ވިދާޅުވެފައިވެ އެވެ.
އިށީނދެ އިންނައިރު ބުރަކަށީގެ ރިހުން ކުޑަ ކުރެވޭނެ ދެތިން ގޮތެއް!
އެމެރިކާ އާއި އީރާނުގެ އެއްބަސްވުން ނިމުނީ: ޓްރަމްޕް
އެއާ ކާގޯ ހިސާބުތަކާ އެއާލައިން ރެކޯޑުތައް ދިމާނުވޭ: ފިރާގު
