ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މުސްކުޅިއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އުތުރުގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ހުށަހަޅާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައި ވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ރިޕޯޓު ކުރުމާއި ގުޅިގެން ފުލުހުން އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެހެންނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށްދޭ ޖިންސީ އަނިޔާގެ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

ރަމަޟާން މަހަކީ ތަފާތު އިހުސާސެއް ކުރެވޭ މަހެއް: ސުމްބުލް
ދިރާގުން ދޭ ފަހު ސްޕީޑް ބޯޓު ހޯދުން މިމަހުގެ ނިޔަލަށް
އެންމެ އާބާދީ ބޮޑު ޗައިނާގައި ރަމަޟާން މަހުގެ ތަޖުރިބާ!
