ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ ސުވާލު ޖަވާބު ޝެޝަން މިރޭ ބާއްވަން ތާވަލުކޮށްފި އެވެ.
މި ސެޝަން ބާއްވަން ހަމަޖެހިފައި ވަނީ މިރޭގެ 8:15 ހާއިރު ލޮނުޒިޔާރަތް ޕާކްގަ އެވެ.
އެގޮތުން މި މިހާއްސަ އިވެންޓުގައި ޒުވާނުންނަށް ރައީސް ނަޝީދާ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ.
މި އިވެންޓު ކުރިއަށް ގެންދާނީ ކޮފީ އާއި މިއުޒިކް ހިމަނައިގެން ކަމަށް ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނެ އެވެ.
އަންނަ ހޮނިހިރު ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވާއިރު، މި އިންތިހާބުގައި ރައީސް ނަޝީދާ ވާދަކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ދެ ވާދަވެރިން ކެމްޕޭން ކުރުމަށް އަތޮޅު ތެރޭގެ ގިނަ ރަށްރަށަށް ވަޑައިގަންނަވާފައިވާއިރު، ދެބޭފުޅުން ވެސް ގެންދަވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރަމުންނެވެ.

އެންމެ އާބާދީ ބޮޑު ޗައިނާގައި ރަމަޟާން މަހުގެ ތަޖުރިބާ!
ތިނަދޫގަ ތެލުގެއަގު އިންތިހާއަށް ބޮޑުވެ އާންމުންނަށް ތަކުލީފަކަށް
އަލިފާނުގެ ސަބަބުން 10 ގޭގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
