މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި ބޮޑު މާރާމާރީއެއް ހިންގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިގެން މިއަދު ހަވީރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި ގައިދީއެއްގެ އަނގަމަތި ފަޅައިގެންދިޔުން ފިޔަވައި އިތުރު ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މި މާރާމާރީގައި ތޫނުއެއްޗެއް ބޭންކުރިކަން މިހާތަނަށް ބެލިބެލުމުން އެނގިފައެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
މިފްކޯއަށް މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުވެއްޖެ
މާ ބުރަކޮށް އުޅުމުގެ ނުރައްކާ ދުންފަތުގެ ނުރައްކަލާ އެއްވަރު!
