ހުޅުމާލޭގައި ޕާކު ކޮށްފައި އޮތް ފުލުހުންގެ ވެހިކަލްއެއްގައި ރޯކޮށްލައިފި އެވެ.
ފުލުހުންގެ މީޑއާ އޮފިޝަލް ވިދާޅުވީ، ރޯކޮށްލާފައި ވަނީ ހުޅުމާލޭ އެޗްޑީސީ ބިލްޑިން ކައިރީގައި ޕާކު ކޮށްފައިވާ ފުލުހުންގެ ވެހިކަލެއްގައި ކަމަށެވެ.
އެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 07:40 ހާއިރު ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އަލިފާން ރޯވިތާ މާ ގިނައިރެއްނުވެ އަލިފާންގަނޑު ނިއްވާލާފައިވާކަމަށް ވެސް ވިދާޅުވިއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
އަސާސީ ހިދުމަތްތަކުގެ އަގު ހެޔޮކުރަން ހުށަހެޅުމުން ސަމާހު ދެކޮޅު!
"އޯއާރްއެސް"ގެ ހަގީގަތް: އެއީ ބޭރަށް ހިންގުމަށް އޮތް ހައްލެއްތަ؟
ޑޮލަރު މާރުކުރުމާ ގުޅޭ އިސްލާހު އެއް ދުވަހުން ނިންމަނީ
