ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ސޯސަންމަގުން ގިނަ އަދަދެއްގެ ޑްރަގް އަތުލައިގަނެފި އެވެ.
އެނގިފައިވާގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ އެ މަގުގައި ހުންނަ ހ. ސޯސަން މީޑު ގެއިންނެވެ. އެ ގެއަށް ފުލުހުން ވަނުމުން އެގޭގެ ފަންގިފިލާއަކުން ބަޔަކު ވަނީ އެ މަގަށް މަސްތުވާތަކެތި ހިމެނޭ ކޮތަޅެއް އެއްލާލާފަ އެވެ.
މި މައްސަލައިގައި ފުލުހުން ވަނީ އެގެއިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން އެ ކޮތަޅު ކަނޑައި ބަލާފައިވަނީ ހައްޔަރުކުރެވުނު މީހާގެ ހާޒިރުގަ އެވެ.
ފުލުހުން އަތުލި އެ ކޮތަޅުން މަސްތުވާތަކެތި ހިމެނޭ 10 އަށް ވުރެ ގިނަ ކުދި ޕްލާސްޓިކް ކޮތަޅު ނަގާފައިވެ އެވެ. އަދި އެގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ނެރެ ފުލުހުންގެ ވެހިކަލަށް އަރުވާފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނާއި ގުޅިގެން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ކެމިކަލް ގުދަނެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް
އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އަވަހާރަކޮށްލައިފި
އަލިފާނުގެ ސަބަބުން 10 ގޭގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
