އާއްމުކޮށް މީހުން ޗުވިންގަމް ބޭނުންކުރަނީ ފޫހިވުމުން އަނގަ ފޫހިފިލުވާލުމަށެވެ. ކުޑަކުދިން ފެށިގެން އުމުރުން ދުވަސްވީ މީހުން ވެސް ޗުއިންގަމް ކަ އެވެ. ބައެއް މީހުން އަނގައިން ނުބައިވަސް ދުވާތީ ވަސް ފިލުވާލުމަށް ވެސް ޗުއިންގަމް ބޭނުންކުރެ އެވެ.
ޖަލްސާތަކާއި އެވޯޑް ހަފްލާތަކަށް ދާއިރު ވެސް އަނގަޔަށް ޗުއިންގަމެއް ނުލާ މީހަކު މަދެއް ނުވާނެ އެވެ. ފިހާރައަކަށް ވަދެއްޖެނެމަ ކުޑަކުދިން ރޮއެގެން ވެސް ޗުއިންގަމް ގަންނާނެ އެވެ.
ޗުއިންގަމުގެ ސަބަބުން ސިއްހަތަށް ދިމާވާ ބައެއް ގެއްލުންތަކާ ގުޅޭ ވާހަކަތަކަކީވެސް ދެކެވޭ ވާހަކަތަކެވެ. އެގޮތުން އެއީ ދަތްފަނިކާ އެއްޗެއް ކަމަށް ބައެއް މީހުން ބުނާތީ އަޑުއިވެ އެވެ. އަދި އޭގެ ސަބަބުން ހަތް އަހަރު ދުވަސްވަންދެން ޗުއިންގަމް ގޮހޮރުގައި ތަތްލާފައި އޮންނަ ކަމަށް ވެސް ބައެއް ވާހަކަތައް ހުރެ އެވެ.
އެހެންނަމަވެސް އެފަދަ އެއްވެސް ވާހަކަތަކަކީ ސާބިތުވެފައިވާ ކަންކަމެއް ނޫނެވެ. ޗުއިންގަމެއް ދިރުވައިލުމުން، ބަނޑުތެރޭގައި ހަޖަމު ނުވި ނަމަވެސް އެ ތަކެތި ބަނޑު ތެރޭގައި ނުއެއް ހުރެ އެވެ. އަދި ކާތަކެތި ހަޖަމުވެގެން ބޮޑުކަމުދާ ތަކެތީގެ ގޮތުގައި ދާ ފަދައިން ޗުއިންގަމް ވެސް ހަށިގަނޑުގެ ނިޒާމުން ނެރެދެ އެވެ.
ނަމަވެސް ގިނަ އަދަދެއްގެ ޗުއިންގަމް އެއް ފަހަރައި ދިރުވާލުމުގައި ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.