މަސައްކަތުގެ މާހައުލު ޖަރާސީމު ނެތް ގޮތަކަށް ބެހެއްޓުމަކީ ވަޒީފާދޭ ފަރާތްތަކުގެ އެންމެ ސަމާލުކަން ދޭޖެހޭ ކަމެކެވެ. މަސައްކަތުގެ މާހައުލުގައި ބެކްޓީރިއާ އާއި ޖަރާސީމު ފެތުރުން ހުއްޓުވުމަށް އެހީތެރިވުމަކީ ދުޅަހެޔޮ އަދި އުފެއްދުންތެރި ވަޒީފާގެ ބާރެއް އޮތުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކޮންމެ އަހަރަކު 98 އިންސައްތަ މަސައްކަތްތެރިންނަށް ކުދިކުދި ބަލިތަކުގެ އަސަރުކުރާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

އެންމެ ޖަރާސީމު ގިނަ ތަންތަނަކީ ގިނަ މީހުން އެއްވެ އުޅޭ ތަންތަނެވެ. އަދި ގިނަ މީހުން ބޭނުންކުރާ ތަކެތި ގެންގުޅޭ ތަންތަނަކީ ވެސް ޖަރާސީމުން ފުރިގެންދާ ތަންތަނެވެ. މީގެ ތެރޭގައި ތިމާ މަސައްކަތް ކުރާ އޮފީސް މާހައުލު ހިމެނެ އެވެ. ތިރީގައި މި ބަލާލަނީ އޮފީސް މާހައުލުގައި އެންމެ ޖަރާސީމު ގިނަ ތަންތަނާއި ތަކެއްޗެވެ.

ލިފްޓު ބަޓަން

ލިފްޓް ބަޓަން

ލިފްޓަކީ އޮފީހުގައި އެންމެ ގިނަ މީހުން ބޭނުންކުރާ އެއްޗެކެވެ. އެއް ފުލޯއިން އަނެއް ފުލޯއަށް ދިޔުމަށް ލިފްޓް ބޭނުންކުރާއިރު ލިފްޓް ބަޓަނަށް ވަރަށް ގިނަ މީހުން އަތްލާނެ އެވެ. ބަސް އަދި ޓެކްސީގެ އެހީގައި ޓްރެފިކްގައި ޖެހިގެން އަންނަ ކޮންމެ މީހެއްގެ ވެސް އަތުގައި މަތީ މިންވަރަކަށް ޖަރާސީމު ހުންނާނެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި 61 އިންސައްތަ ލިފްޓު ބަޓަންގައި ޖަރާސީމު އަށަގެންފައިވެ އެވެ މިގޮތަށް ޖަރާސީމު އަށަގެންފައި ހުންނަ ތަންތަނުގައި އަތްލާން ޖެހޭ ނަމަ، ކޮންމެ 15 ސިކުންތާއި 20 ސިކުންތާއި ދެމެދު އަތް ދޮންނާށެވެ. އަދި ހޭންޑް ސެނިޓައިޒާއެއް ބޭނުން ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

އޮފީހުގެ ދޮރު

އޮފީސް ދޮރު

ދޮރުގެ ތަޅު ނުވަތަ އަތްގަނޑަކީ އެންމެ ގިނައިން މީހުން ބޭނުން ކުރާ އެކައްޗެވެ. މިއީ އެކެއްގެ އަތުން އަނެކެއްގެ އަތަށް ނުސީދާގޮތެއްގައި ޖަރާސީމު ވާސިލްކޮށްދޭ އެއް ވަސީލަތަކެވެ. ދަގަނޑުގެ ތިން ބާވަތްކަމަށްވާ ކޮޕާ، ޒިންކް އަދި ނިކެލްއިން ހަދާފައި ހުންނަ ދޮރުގެ ތަޅަކީ އަތުގައި ޖަރާސީމު ހަރުލުން ދުރުކޮށްދޭ އެއްޗެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް މި ހާލަތުގައި ވެސް އެންމެ ރަނގަޅު ގޮތަކީ ދޮރުގެ ތަޅުގައި އަތްލާފައި އަތް ދޮވުން ނުވަތަ ސެނެޓައިޒަރު ބޭނުން ކުރުމެވެ.

ކީބޯޑް

އޮފީސް ތެރެ މާހައުލުގައި އެންމެ ގިނަ ޖަރާސީމު ހުންނަ ތަންތަނުގައި ކީބޯޑު ހިމެނެ

ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕްގެ ކީބޯޑަކީ ތިމާ އެކަނި ބޭނުން ކުރާ އެއްޗެއް ކަމުގައިވީ ނަމަވެސް ކީބޯޑަކީ ވެސް ބެކްޓީރިއާ އަށަގަންނަ އެއްޗެކެވެ. މިކަން ދެނެގަތުމަށް ސައިންވެރިން ކުރި ދިރާސާއެއްގައި ވަނީ 250 ކީބޯޑު ޗެކްކޮށްފައެވެ. މިއިން ކޮންމެ ކީބޯޑެއްގައި ވެސް ކޮންމެ ވެސް މިންވަރަކަށް ޖަރާސީމު ހުއްޓެވެ. މިފަދަ ޖަރާސީމު ނައްތާލުމައްޓަކައި ކީބޯޑާއި މައުސް އެންޓި ބެކްޓީރިއަލް ވައިޕް ބޭނުންކޮށްގެން ސާފު ކުރުން ވަރަށް މުހިންމެވެ.

އޮފީސް ފޯނު

އޮފީސް ފޯނު

އެމެރިކާ މީހުން ދުވާލެއްގެ މައްޗަށް 50 ފަހަރަށް ވުރެ ގިނައިން އެ މީހުންގެ ފޯނުގައި އަތްލަ އެވެ. އެހެންކަމުން އެ މީހުންގެ ފޯނުގައި ގިނަ އަދަދަކަށް ޖަރާސީމު އެކުލެވެ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި މީގެ ތެރެއިން ގިނަ ބެކްޓީރިއާ އަކީ ނުރައްކާތެރި ބެކްޓީރިއާއެއް ނޫނެވެ. ނަމަވެސް އޮފީހުގައި ގިނަ މީހުން ބޭނުން ކުރާ ފޯނުތަކުގައި ޖަރާސީމު އަށަގަންނަ މިންވަރު ގިނައެވެ. މި ފޯނުތައް އާންމުކޮށް ސާފުކުރަނީ ވެސް ވަރަށް މަދުންނެވެ.

ބްރޭކް ރޫމް ކޮފީ ތަށިތައް

އޮފީހުގެ ސައި ކޮޓަރި

މިއީ އަމިއްލައަށް ކޮފީ ބޯނެ ތައްޓެއް އޮފީހަށް ގެންނަން ޖެހޭ ސަބަބެވެ. ގިނަ މީހުން ފާޚާނާ ކުރުމަށް ފަހު އައިސް ބްރޭކް ރޫމްގައި ހުންނަ ކޮފީ ތަށިތަކުގައި އަތްލައި ހަދައެވެ. އެހެންކަމުން ނުރައްކާތެރި ޖަރާސީމު މި ތަށިތަކުގައި ހުރުމަކީ ވަރަށް އާންމު ކަމެކެވެ. ދިރާސާއަކުން ދައްކާގޮތުގައި އޮފީސްތަކުގެ ބްރޭކް ރޫމްގައި ބޭނުން ކުރާ ތަށިތަކުގައި 20 އިންސައްތަ ނަޖިސް އެކުލެވެ އެވެ.