ހަންގަނޑަކީ ގިނަ ބަޔަކު ސަމާލުކަން ދީގެން ބަލަހައްޓާ އެއްޗެކެވެ. ހަންގަނޑު ރީތި ކުރުމަށް އެކި ކަހަލަ ޕްރޮޑަކްޓްސް ބޭނުން ނުކުރާ މީހަކު މަދުވާނެ ކަމަށް ބުނެފިނަމަ ދޮގަކަށް ނުވާނެ އެވެ،
އެހެންނަމަވެސް އެއީ ނާޒުކު އެއްޗަަކަށް ވުމުން ކުރަކިވެ ހަލާކުވާގޮަތް ދިމާވެ އެވެ. ގިނަ ފަހަރަށް ބޭރަށް ދިއުމަށް ލޯޝަން ފަދަ އެއްޗެއް ބޭނުން ކުރިއަސް އޭގެތެރޭގައި އުޅޭއިރު ހަންގަނޑަށް މާބޮޑު ސަމާލުކަމެއް ނުދެވެ އެވެ.
ހާއްސަކޮށް ގޭތެރޭގައި އުޅޭއިރު ބައެއް މީހުން ހަންގަނޑަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެހެން ކަމުން ނަތީޖާއަކަށް ވަނީ ފޮޅުލާ ހަންގަނޑު މަރުވާގޮތް ވުމެވެ.
އެގޮތުން ގޭތެރެ ސާފުކުރާއިރު ނުވަތަ ފާހަނާ ސާފުކުރާއިރުވެސް އަތަށް އަންގި ލައްވާށެވެ. ހާއްސަކޮށް ކެމިކަލް ހުންނަ އެއްޗެހި އަތުގައި ހޭކި ހަންގަނޑު ހަލާކުވާ ބޭފުޅުން މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ވާނެ އެވެ. އަދި ހިރަފުހަށް އެލާޖިކްވާ މީހެއްނަމަ އަންގި ލެއްވުމަކީވެސް ބުއްދިވެރި ކަމެކެވެ.
މޮއިސްޓްރައިޒާ ބޭނުން ކުރުމުގެ ބަދަލުގައި ޕެޓްރޯލިއަމް ޖެލީ ބޭނުން ކުރާށެވެ. ހާއްސަކޮށް ނާޒުކު ހަންގަނޑެއަ ލިބިފައިވާނަމަ ކްރީމް ބޭނުން ކުރުމަށް ވުރެ ޕްޓްރޯލިއަމް ޖެލީ ބޭނުން ކުރުމުން ހަންގަނޑު ރީތިވުން އަވަހެެވެ.
ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމަކީވެސް ހަންގަނޑު ކުރަކިވާން ދިމަވާ ސަބަބެކެވެ. މިއީ ފަސޭހައިން ކުރެވޭނެ ކަމެކެވެ. އެހެން ކަމުން އަބަދުވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބޭނުން ކުރާށެވެ. މިއީ ހަމުގެ މައްސަލަތަކުގެ ހިތުުރުންވެސް އެކި ބަލިތަކުގެވެސް ފަރުވާ އެކެވެ.