މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 10 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޓެސްޓްކުރި 2،297 ސާމްޕަލުން ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތް މީހުންނަކީ މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވީ އެކެކެވެ. އަދި ރިސޯޓުތަކުން ދެމީހުން ވަނީ ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 13،402 އަށް ވަނީ އަރާފައެވެ. އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 12،786 އެވެ.
މިހާތަނަށް ބަލީގައި 48 މީހަކު ރާއްޖޭގައި މަރުވެފައިވެއެވެ.
ފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް މަދުވަމުން އަންނާތީ އަޅާފައިވާ ފިޔަވަޅުތައް އެޗްޕީއޭ އިން ވަނީ ކޮންމެވެސް ވަރަކަށް ލުއިކޮށްފަ އެވެ.
މައާނީގެ ގެތުންތަކަށް ގިނަ ބައެއްގެ ތައުރީފު
ރޭޑިއޭޝަންގެ ސަބަބުން ޖެހޭ ކެންސަރުގެ ނުރައްކާ އޮތީ ކޮން ބަޔަކަށް
ވެސްޓް ބޭންކް އިޒްރޭލުގެ ތަނަކަށް ހެދުމާ އެމެެރިކާ ދެކޮޅު
