ކީވް (15 ނޮވެމްބަރު) - އަންނަ އާދީއްތަ ދުވަހު ފަށަން ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ މުއްދަތަށް ޔޫކްރެއިން ހަނގުރާމަ ހުއްޓާލައި ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގޮވާލައްފައިފި އެވެ.
ޖިއާނީ މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ ޖީ20 ސަމިޓުގައި ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުގެ ވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގަ އެވެ.
ޖިއާނީ ވިދާޅުވާ ވޯލްްޑް ކަޕަކީ ގައުމުތަކުގެ މެދުގައި ސުލްހަ ގާއިމުކުރަން އޮތް ވަރަށް ރަނގަޅު ފުރުސަތެއް ކަަމަށާއި މި ފުރުސަތުގެ ބޭނުން ހިފަން ޖެހޭ ކަަމަށެވެ.
"ވަގުތީ ގޮތުން ނަމަވެސް ވޯލްޑް ކަޕްގެ މުއްދަތަށް ސުލްހަ ގާއިމުކޮށް އިންސާނީ ހައްގުތައް ހިމާޔަތް ކުރަން ޖެހޭ" ޖިއާނީ ވިދާޅުވެފައިވެ އެވެ.
ޖިއާނީ އިތުރަށް ވިދާޅުވީ ފުޓްބޯޅައަކީ ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަމާއި އަޚްވަންތަކަން ދިރުވާ ކުޅިވަރެއް ކަމަށާއި އެހެން ކަމުން މިއީ ސުލްހައަށް އޮތް ފަހި ފުރުސަތެއް ކަމަށެވެ.
2018 ވަނަ އަަހަރުގެ ވޯލްޑް ކަޕް ބޭއްވީ ރަޝިއާގައިކަން ފާހަގަ ކުރައްވަމުން ޖިއާނީ ވަނީ ޔޫކްރެއިންއަކީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑް ހުށައަޅާފައިވާ ގައުމެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.
އާދީއްތަ ދުވަހު ގަތަރުގައި ފަށާ މިއަހަރުގެ ވޯލްޑް ކަޕް އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ އެވެ. -- އަލް އަރަބިއްޔާ