ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވަރް އަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ އަލަތު ދަރިފުޅު ލިބިފަ އެވެ.
ބިޕާޝާ އާއި ކަރަންގެ ދަރިފުޅަށް ކިޔަނީ "ދޭވީ ބާސޫ ސިންގް ގްރޯވަރު" ކަމަށެވެ. އަދި ކުއްޖާ އުފަންވީ 12.11.2022 ގައި ކަމަށެވެ.
43 އަހަރުގެ ބަތަލާ ބިޕާޝާ އާއި އުމުރުން 40 އަހަރުގެ ކަރަން ކައިވެނިކުރީ 2016 ގަ އެވެ.
ބިޕާޝާ އާއި ކަރަން ރައްޓެހިވީ އެކީގައި ކުޅުނު 2015 ގެ ފިލްމު "އެލޯން" ގެ ސެޓުންނެވެ. ކަރަން އަކީ ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، ފަހުން ބޮލީވުޑަށް ނުކުތް އެކްޓަރެކެވެ.
ބިޕާޝާ އަދި ކަރަންއަށް ވެސް ބޮލީވުޑުން މާބޮޑު ކާމިޔާބެއް ނުލިބެ އެވެ.
ލަންކާގައި މިފްކޯގެ އުފެއްދުންތައް ތައާރަފުކޮށްފި
ރިތިކްގެ އެންމެ ފުރަތަމަ މުސާރައަށް ގަތީ ކުޅޭ ކާރެއް!
މެޓް ގާލާ 2026: "ބްލެކް ޕިންކް"ގެ މެމްބަރުން އެކުގައި!
ބަތަލާ ބިޕާޝާއަށް ލިބުނީ އަންހެން ކުއްޖެއް