ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ ވިހައިފި އެވެ.
ބޮލީވުޑުގެ ތަރި ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާއަށް ލިބުނީ އަންހެން ކުއްޖެކެވެ.
ބިޕާޝާ ވިހެއުމުގެ ކުރިން އޭނާގެ ސޯޝަލް މީޑިއާގައި ވަނީ ވީޑިއޯއެއް އާންމުކޮށްފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބިޕާޝާ ވިހާފައިވަނީ އިއްޔެ ވަގުތެއްގަ އެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ 43 އަހަރުގެ ބަތަލާ ބަލިވެއިންކަން އިއުލާންކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ބިޕާޝާ އަށް ކުއްޖަކު ލިބިފައި މި ވަނީ ކައިވެނިކުރިތާ ހަ އަހަރު ފަހުންނެވެ. އޭނަ އާއި އެކްޓަރު ކަރަން ސިންގް ގްރޯވާ ކައިވެނުކުރީ 2016 ގަ އެވެ.
ބިޕާޝާ ވިހެމާ ގުޅިގެން ސޯޝަލް މީޑިއާގައި ފޭނުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.
ބިޕާޝާ ވިހާފައިވާއިރު މިމަހުގެ ހަ ވަނަ ދުވަހު ބަތަލާ އާލިއާ ބަޓަށްވެސް ވަނީ އަންހެން ދަރިއަކު ލިބިފައި އެވެ. މި ދެ ތަރިން ބަލިވެ އިނުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެ އެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ސިއްހަތަށް ގެއްލުންހުރި ކާނާއަށް ދެވިހިފާ މީހުން އިތުރު ވަނީ!
"ނިއުސެލިކް އެސިޑް ޓެސްޓް" ކުރަން ފަށަނީ